ads
މާފްކުރެގެ ޕޯސްޓަރެއް---ފޮޓޯ: ގޮޅާ އައްޔަ
"މާފްކުރޭ"ގައި ރާއްޖޭން ބޭރުގެ މަޝްހޫރު ފިލްމިީ ތަރިއެއް!
ކިޑްސް ޕްރޮޑަކްޝަނުގެ ކުރިއަށް އޮތް ޑްރާމާ ސީރީޒުގައި ރާއްޖޭން ބޭރުގެ މަޝްހޫރު ފިލްމީ ތަރިއެއް ފެނިގެންދާނެ ކަމަށް އެ ސީރީޒްގެ ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނެފިއެވެ.

"މާފްކުރޭ" ލޯންޗުކޮށްފައިވަނީ ރޭ ޑްރާމާ ސީރީޒް "ހަނާ"ގެ ފުރަތަމަ އެޕިސޯޑު ބައިސްކޯފުން ސްޓްރީމް ކުރުމަށް ބެއްވި ހަފްލާ ތެރޭގައެވެ.

ސީއެންއެމް އަށް މައުލޫމާތު ދެމުން ގޮޅާ އައްޔަ ބުނީ ރާއްޖޭން ބޭރުގެ މަޝްހޫރު ފިލްމީ ތަރި ފެނިގެންދާނީ އެ ސީރީޒްގެ މުހިންމު ރޯލުން ކަމަށެވެ. 

ނަމަވެސް އެއީ ކޮން ގައުމެއްގެ ކޮން ފަންނާނެއް ކަމެއް ގޮޅާ އައްޔަ ބުނެފައެއްނުވެއެވެ. އަދި އެއީ ސަޕްރައިޒެއް ކަމަށް ގޮޅާ އައްޔަ ވަނީ ބުނެފައެވެ.

އެސީރީޒުގައި ފެނިގެންދާ އިތުރު ކާސްޓުން މިހާރު ހޯދަމުން އަންނައިރު އަންނަ މަހުގެ ތެރޭގައި އެ ސީރީޒުގެ ޝޫޓިން ފަށާނެ ކަމަށް ގޮޅާ އައްޔަ ވަނީ ބުނެފައެވެ. އަދި ރޯދަ މަހުގެ ކުރިން ޝޫޓިންތައް ނިންމާ ރޯދައިގެ ފަހުން ބެލުންތެރިންނާ ހަމައަށް އެ ޑްރާމާ ސީރީޒް އަންނާނެ ކަމަށް ގޮޅާ އައްޔަ ވަނީ ބުނެފައެވެ.

"މާފްކުރޭ"ގެ ސްޓޯރީ އަދި ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ އައިމިނަތު ރިނާޒާ (ރިނާ) އެވެ. ރިނާ އަކީ ޑްރާމާ ސީރީޒް "ހަނާ" ވެސް ލިޔެފައިވާ ފަރާތެވެ. "މާފްކުރޭ" ގެ ޕްރޮޑިއުސަރަކީ ހުސައިން މުނައްވަރެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް