ads
3.4 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ވަނީ ހުޅުވާލާފައި.
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.4 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަނީ
ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 3.4 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލީ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 453 މިލިއަން ރުފިޔާ ގެ ޓީ ބިލަކާއި ތިން މަސް ދުވަހުގެ ތެރޭގައި އަނބުރާ ދެެއްކުމަށް 333.7 މިލިއަން ރުފިޔާގެ ޓީ ބިލެކެވެ. ހަމަ އެގޮތަށް ހަ މަސް ދުވަހުން އަނބުރާ ދެއްކުމަށް 999.8 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް 1.7 ބިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވެސް އެ މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.

މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ހުޅުވާލި 453 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 3.50 އިންސައްތައެވެ. ތިން މަސްދުވަހުގެ ތެރޭގައި އަނބުރާ ދެއްކުމަށް ހުޅުވާލި 333.7 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 3.87 އިންސައްތައެވެ. ހަ މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 999.8 މިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓަކީ 4.23 އިންސައްތައެވެ. އަދި އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހުޅުވާލި 1.7 ބިލިއަން ރުފިޔާގެ ޓީ ބިލުގެ އިންޓަރެސްޓް ރޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 4.6 އިންސައްތައެވެ.

އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް