ads
މޮންގޯލިއަންގެ ރައީސް---
މޮންގޯލިއަންގެ ރައީސް ކަރަންޓީނުކޮށްފި
މޮންގޯލިއަންގެ ރައީސް ހަލްތުމާގިން ބަތުލްގާ ކަރަންޓީނުކޮށްފި އެވެ.

ހަލްތުމާގިން ކަރަންޓީނުކޮށްފައިވަނީ އޭނާ ގައުމަށް އެނބުރި ޗައިނާއިން އައުމާ ގުޅިގެންނެވެ. ހަލްތުމާގިން އާއެކު ޗައިނާ އަށް ދިޔަ އެގައުމުގެ ސަރުކާރުގެ އޮފިސަރުން ވެސް ވަނި ކަރަންޓީނުކޮށްފައި ކަމަށް ބޭރުގެ ހަބަރުތަކުން ބުނެއެވެ.

ކޮރޯނާ ވައިރަހަށް މިހާތަނަށް 83,361 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 2,857 މީހުން ވަނީ އެވައިރަސްގެ ސަބަބުން މަރުވެފައެވެ. 

ކޮރޯނާ ވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް