ads
އެމްޑީޕީގެ ހަރުގޭގައި ޕީޕީއެމް ޖަލްސާ ބަލަން ތިބުމުން ފާޑުކިޔަނީ--
އެމްޑީޕީގެ ހަރުގޭގައި ޕީޕީއެމް ޖަލްސާ ބެލުމަކީ ހިތާމަހުރި ކަމެއް: އަލްހާން
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކެމްޕެއިން ލޯންޗް ކުރުމަށް މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން އަންނަ ޖަލްސާ، ވެރިކަން ކުރަމުން އަންނަ މައި ޕާޓީ، އެމްޑީޕީގެ ހަރުގޭގައި ހުރި ޓީވީއެއްގައި އަޅުވާފައި ހުރުމުން އެކަމަށް އަލްހާން ފަހްމީ ފާޑުވިދާޅުވެއްޖެ އެވެ.

އަލްހާން މިރޭ ކުރެއްވި ވިދާޅުވެފައި ވަނީ އެމްޑީޕީ ހަރުގެތަކުގައި ޕީޕީއެމް ޖަލްސާ ބެލުމަކީ އޭނާ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އަލްހާން ވަނީ އެތަނުގައި ހުރި ޓީވީއެއްގައި ޕީޕީއެމުން މިހާރު ކުރިއަށްދާ ޖަލްސާ އަޅުވާފައި ހުރި ފޮޓޯއެއް ވެސް ހިއްސާކުރައްވާފަ އެވެ. 

މިހާރު ކާނިވާ ސަރަހައްދުގައި ބާއްވަމުން އަންނަ ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވެސް ދަނީ ބައިވެރިވަމުންނެވެ. ޖަލްސާގައި ބައިވެރިވުމަށް އެ ޕާޓީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރާ ގިނަ ބަޔަކު ވެސް ބައިވެރިވެ އެވެ. 

ޕީޕީއެމްގެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަމުން އަންނައިރު މިދިޔަ ހުކުރު ދުވަހު، އެމްޑީޕީން ބޭއްވި އެޕާޓީގެ ކެމްޕެއިން ލޯންޗު ކުރުމުގެ ހަފުލާ، ކާނިވާ ސަރަހައްދުގައި ގިނަ އަދަދެއްގެ ހުސް ގޮނޑި ހުރުމުން އިދިކޮޅުން ފާޑުކިޔުންތައް ކުރިމަތިކުރި އެވެ. ނަމަވެސް އެމްޑީޕީގެ ޖަލްސާ ވަނީ ހަމަ އެރޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.

48%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
6%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް