ads
ރޮނާލްޑޯ އަލްނަސްރުގެ ޖޯޒީ ބަލާލަނީ
ައަލްނަސްރުގެ ފުރަތަމަ ދެ މެޗަށް ރޮނާލްޑޯ ސަސްޕެންޑް!
ސައުދީ އަރަބިއްޔާގެ އަލްނަސްރުގެ ފުރަތަމަ ދެ މެޗަށް އެ ޓީމާ އަލަށް ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޑްވެފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައި އަލްނަސްރާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ޓީމަށް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ކުޅޭނެ ކަމަށް ކުރިން ބެލެވުނެވެ. އަލްނަސްރުގެ މެޗެއް މިއަދު އޮންނާނެއެވެ. 

އެހެންނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އަލްނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ އެންމެ ފުރަތަމަ ޖެހެނީ ދެ މެޗުގެ ސަސްޕެންޝަނެއް ފުރިހަމަ ކުރާށެވެ. އެއީ މެންޗެސްޓަ ޔުނައިޓެޑުގައި ހުރިއިރު، މެޗެއް ނިންމާފައިވާ ދަނޑުން ފޭބި މަގުމަތީގައި ކުޑަ ކުއްޖެއްގެ ފޯނު ހަލާކުކޮށްލި މައްސަލައިގައި ރޮނާލްޑޯ ކޮށްފައިވާ ދެ މެޗުގެ ސަސްޕެންޝަނެވެ. އެ މައްސަލައާ ގުޅިގެން ދެ މެޗުގެ ސަސްޕެންޝަނެއްގެ އިތުރުން ފަންސާސް ހާސް ޕައުންޑުން ޖޫރިމަނާވެސް ކުރިއެވެ. 

މި މައްސަލަ ބަލައި ރޮނާލްޑޯއާ މެދު އިގިރޭސި އެފްއޭއިން ފިޔަވަޅު އެޅި ފަހުން ޔުނައިޓެޑުގެ މެޗެއްގައި ރޮނާލްޑޯ ނުކުޅޭއިރު، ފީފާގެ ގަވައިދު ބުނާ ގޮތުން މި އަދަބު ރޮނާލްޑޯ ކްލަބު ބަދަލު ކުރި ނަމަވެސް ތަންފީޒު ކުރަން ޖެހެއެވެ. އެހެންކަމުން މިއަދު އަލްނަސްރުން ކުޅޭ މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވޭނެ ކަމަށް ޑެއިލީ މެއިލުންވަނީ ރިޕޯޓްކޮށްފައެވެ. 

އަލްނަސްރަށް ރޮނާލްޑޯގެ ފުރަތަމަ މެޗު މިއަދު ކުޅެވޭނެ ކަމަށް ބަލައި މިއަދުގެ މެޗުގެ 28000 ޓިިކެޓްވަނީ ވިކިފައެވެ. 

22%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް