ads
ޕީޕީއެމްގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--
މިއަދު އެމްޑީޕީ މެމްބަރުން ވެސް ތިބީ މާޔޫސްވެފައި: އަދުރޭ
ވެރިކަން ކުރަމުން އަންނަ މައި ޕާޓީ (އެމްޑީޕީ) ވެރިކަަމަށް ގެނައުމަށް ރެއާ ދުވާލު ނުނިދާ މަސައްކަތްކުރި ރައްޔިތުން މިއަދު މަގުމަތިވެފައިވާ ކަމަށާއި އެމީހުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޕްރޮގްރެސިވް ކޯލިޝަންގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި މިރޭ އަބްދުއްރަހީމް ވިދާޅުވީ، އެމްޑީޕީ ވެރިކަަމަށް ގެނައުމަށް ރެއާ ދުވާލު ނުނިދާ މަސައްކަތްކުރި ރައްޔިތުން މިއަދު މަގުމަތިވެފައިވާ ކަމަށައި އެގޮތުން އެމީހުން ކުރަމުން އަންނަ ޝަކުވާއަކީ ވަޒީފާގެ ފުރުސަތު ނުލިބޭ ކަމަށާއި އެގޮތުން އާމްދަނީ ހޯދޭނެ ގޮތެއް ވެސް އެމީޙުންނަށް ނެތް ކަމަށެވެ.

"މާދުރުން އައި ބަޔަކު ސަރުކާރުގެ ތެރެއަށް ވަދެ، ދައުލަތުގެ ހަޒާނާ ކައި ހުސްކުރަނީއޭ. ދައުލަތުގެ އިސް މަގާމުގަ ތިބި ހަތަރު ފަސް މީހަކު ބޭނުންވާ ގޮތަކަށް ބޭނުންވާ ކުންފުނިތަކަށް ބަހާލާ ދައުލަތުގެ ހަޒާނާ ހުސްކޮށްފިޔޭ،"

އެގޮތުން އެ ސަބަބުތަކާހުރެ މިއަދު އެ ރައްޔިތުން ވެސް ބޭނުންވަނީ ސަރުކާރު ބަދަލުކުރަންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، އެފަރާތްތަކުން ވެސް ބުނަމުން އަންނަނީ ރައީސް ޔާމީންގެ ވެރިކަން މާރަނގަޅު ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީފާ ލިބުން ކަމަށާއި އަދި އާމްދަނީ ހޯދޭނެ ގޮތްތައް ވެސް އޮތްކަމަށް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މިއަދު ވިޔަފާރިވެރިން ބުނަމުން އަންނަނީ އިގްތިސާދު ފުނޑިފައިވާ ކަމަށާއި އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ފުނޑިއްޖެކަމަށެވެ. އަދި ބައެއް ވިޔަފާރިތައް ވެސް ބަންދުކުރަން ޖެހިފައިވާކަން ފާހަގަކުރަމުން އިތުރަށް ވިދާޅުވީ ރާއްޖެއަށް ފައިސާ ވަންނާނެ ގޮތެއް ވެސް ނެތް ކަމަށެވެ.

މި ޖަލްސާގައި މަސްވެރިކަމަށް އަލިއަޅުވާލާ އަބްދުއްރަހީމް ވިދާޅުވީ މަސްވެރިން އުޅެމުން އަންނަނީ ވަރަށް ހާލުގައި ކަމަށާއި އެގޮތުން އަތްވާ ވާރޭގައި އެމީހުން ކުރާ މަސައްކަތަށް ހަމައަގު ވެސް ނުލިބޭ ކަމަށެވެ.

"ހަމައަގު ނުލިބޭތާންގަ، އެ ލިބޭ އަގެއް ވެސް ލިބެނީ މިއަދު މަސްކިރައިފިއްޔާ މީގެ 20-25 ދުވަސް ފަހުން. ވެރިކަަމަށް އަންނަން ވެގެން ދޭންބުނި ހަމަ އަގެއް މިއަދު ރައްޔިތުންނަކަށް ނޭނގެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް