ads
ރޮނާލްޑޯ އަލްނަސްރުގެ ޕްރެކްޓިސް ކިޓުގައި
ރޮނާލްޑޯގެ އަލްނަސްރުގެ މެޗު ވިއްސާރަވެ ކެންސަލްވެއްޖެ
ސައުދީ އަރަބިއްޔާގެ އަލްނަސްރު މިރޭ ކުޅެން އޮތް މެޗު މޫސުމް ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

އަލްނަސްރު މިރޭ ކުޅެން އޮތް މެޗަކީ ފަހަރުގައި އެ ޓީމުގެ އާ ފޯވާޑު ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ފުރަތަމަ ކުޅޭނެ މެޗުކަމުގައި އޮތީ ބެލެވިފައެވެ. އެހެންނަމަވެސް ޔުނައިޓެޑުގައި ހުރި އިރު ދިމާވި ކަމަކާ ގުޅިގެން އައިސްފައިވާ ދެ މެޗުގެ ސަސްޕެންޝަނަކާ ހުރެ މި މެޗުގައި ރޮނާލްޑޯ ފެނިދާނެތޯ އޮތީ ޝައްކެއްގެ މަތީގައެވެ. އެހެން އޮއްވާ ފަހު ވަގުތު މެޗު ކެންސަލްވީއެވެ. 

އަލް ނަސްރުން މީގެ އިރުކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްޓޭޑިއަމްގެ ކަރަންޓު ވިއުގައަށް ދިމާވި މައްސަލަތަކާ ގުޅިގެން މިރޭ ކުޅެން އޮތް މެޗު ކެންސަލްވެފައިވާ ކަމަށެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް