ads
އަބްދުއްރަހީމް--
މިހާރު ވައްކަން ކުރަނީ ތަފާތު ގޮތަކަށް: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދުނާމުކުރުމަށްޓަކައި ދެއްކި ވައްކަމުގެ ވާހަކަތައް މިހާރު ހަގުނަ ބޮޑުކޮށް މި ސަރުކާރުގައި އެޅިފައިވާ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިރޭ އިދިކޮޅުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ މިވެރިކަމަށް އަހަރެއް ފާއިތުވެގެންދިޔައިރު މިހާތަނަށް ރައްޔިތުންނަށް އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މިވެރިކަމުގައި ވައްކަން ކުރަމުން އަންނަނީ ތަފާތު ގޮތަކަށްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ރޯމާ ދުވާލު މިހާރު ކުރަމުންދަނީ ވައްކަން ކަމަށާއި މިއީ ލާދީނީ ފަރާތްތަކުގެ ސަރުކާރެއް ކަމަށެވެ. 

"ބޭނުންހާ އެއްޗެއް ހަދަންދެން ދިވެހި ރައްޔިތުންނެއް މަޑަކުން ނުތިބޭނެ. ދިވެހި ރައްޔިތުންނަކީ ގައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގަ ގައުމު އިސްކޮށްގެން ނިކުތުމުގެ ހިތްވަރާއި ފަންވަރު ހުރި ދިވެހި ރައްޔިތުންތަކެއް،"

އެމްޑީޕީ ވެރިކަަމަށް ގެނައުމަށް ރެއާ ދުވާލު ނުނިދާ މަސައްކަތްކުރި ރައްޔިތުން މިއަދު މަގުމަތިވެފައިވާ ކަމަށައި އެގޮތުން އެމީހުން ކުރަމުން އަންނަ ޝަކުވާއަކީ ވަޒީފާގެ ފުރުސަތު ނުލިބޭ ކަމަށާއި އެގޮތުން އާމްދަނީ ހޯދޭނެ ގޮތެއް ވެސް އެމީޙުންނަށް ނެތް ކަމަށް ބުނަމުން އަންނަ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭނާ އިތުރަށް ވިދާޅުވީ މިއަދު ވިޔަފާރިވެރިން ބުނަމުން އަންނަނީ އިގްތިސާދު ފުނޑިފައިވާ ކަމަށާއި އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވެސް ފުނޑިއްޖެކަމަށެވެ. އަދި ބައެއް ވިޔަފާރިތައް ވެސް ބަންދުކުރަން ޖެހިފައިވާކަން ފާހަގަކުރަމުން އިތުރަށް ވިދާޅުވީ ރާއްޖެއަށް ފައިސާ ވަންނާނެ ގޮތެއް ވެސް ނެތް ކަމަށެވެ.

40%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް