ads
ރައީސް ނަޝީދު އަދި އުގައިލް
ނަޝީދު ވިދާޅުވާ އައްޑޫ ރަނިންމޭޓަކީ ޕްރޮފެސަރު އުގައިލްތަ؟
ރަނިން މޭޓަކަށް ވެވަޑައިގަންނަވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދު އާދިއްތަ ދުވަހުވަނީ ވިދާޅުވެފައެވެ.

އެ މަނިކުފާނުގެ ރަނިން މޭޓަކަށް ވެވަޑައިގަންނަވާނީ އައްޑޫ ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިނަމަވެސް ކަނޑައެޅިގެން ކޮން ބޭފުޅެއް ކަމެއް ވިދާޅެއް ނުވެއެވެ. އެހެންކަމުން ހިތުގައި މިހާރު އުފެދޭ ސުވާލަކީ، ރައީސް ނަޝީދު އެ ވިދާޅުވާ އައްޑޫ ބޭފުޅަކީ ޕްރޮފެސަރު އުގައިލްތޯއެވެ؟

އުގައިލްއަކީ އައްޑޫ ބޭފުޅެއް، ޒުވާނެއް، އަދި މުޅި ރާއްޖެ ތަމްސީލް ކުރެވޭ ބޭފުޅެއް

ޕްރޮފެސަރު ހަސަން އުގައިލްއަކީ ދިވެހިންގެ ގިނަ ބަޔަކު ދަންނަ ނަމެކެވެ. އެތައް ދިވެހިންނެއްގެ ލޯތްބާއި އިހުތިރާމް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހިސާބާއި ސައިންސްގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ވެސް ނަން ވިދާ ޝަހްސިއްޔަތެކެވެ. ރާއްޖޭގެ ނަން ބައިނަލްއަގްވާމީ އުދަރެހުގައި ޝަރަފްވެރިކޮށްދެއްވަމުން އަންނަ އައްޑޫގެ ދަރިއެކެވެ.

ސުވާލަކީ ޕްރޮފެސަރު އުގައިލް، ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ވެވަޑައިގެންފާނެތޯއެވެ؟ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕްރޮފެސަރު އުގައިލް ވާދަކުރެއްވާފާނެ ކަމުގެ އަޑުތަކެއް ދުވަސްކޮޅެއް ކުރިން އިވުނެވެ. އެހެންނަމަވެސް މި ފަހުން އެ އަޑުވަނީ އަނެއްކާވެސް މަޑުވެފައެވެ. އުގައިލް ކުރިމަތިލައްވާނެކަމުގެ އަޑުތައް ކުރިން އިވުމާއެކު ބައެއް ސިޔާސީ ބޭފުޅުން އެކަމާ ކަންބޮޑުވެގެން އުޅުނު މަންޒަރުވެސް މީގެ ކުރިން ފެނުނެވެ.

ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ޕްރޮފެސަރު އުގައިލް ވެދާނެ ވެދާނެތޯ ނުވަތަ، ރައީސް ނަޝީދު އެ ވިދާޅުވާ އައްޑޫ ބޭފުޅަކީ އުގައިލްތޯ އުފެދޭ ސުވާލުގެ ޖަވާބު އަދި ނުލިބުނަސް ޔަގީނުންވެސް ސާފުވާ އެއް ކަމަކީ، ރައީސް ނަޝީދު ވިދާޅުވި ސިފަތައް ޕްރޮފެސަރު އުގައިލްގެ ފުރިހަމަވާ ކަމެވެ.

މުޅި ދިވެހި ރާއްޖެ ތަމްސީލް ކުރެވޭ، ރަމްޒުވާ ބާވަތުގެ ބޭފުޅެއް. މިހާރު އަޅުގަނޑުވެސް އުމުރުން ދޮށިވަމުން މި ދަނީ. އެހެންވީމާ އަޅުގަނޑުވެސް އެބަދެކެން ޒުވާނުންގެ ހިއްސާ ވަރަށް ބޮޑުވާން ޖެހޭ ކަމަށް. ދެން އަޅުގަނޑު އުއްމީދުކުރަން އަޅުގަނޑުމެންނަށް ކާމިޔާބު ރަނިން މޭޓަކާއެކީގައި ކުރިއަށް ދެވޭނެ ކަމަށް- ރައީސް ނަޝީދު

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދުގެ ރަނިން މޭޓަކަށް ވެވަޑައިގެންނެވީ، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ކަމަށް އިސްކުރެވުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އޭގެ ފަހުން 2013 ވަނަ އަހަރު ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ކަނޑައެޅުއްވީ ޑރ. މުސްތަފާ ލުތުފީއެވެ. 2013 ވަނަ އަހަރުގެ އިންތިހާބުގައި ރަނިން މޭޓެއްގެ ކަންތަކުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރަނިން މޭޓެއް ކަނޑައަޅުއްވާއިރު، ވަފާތެރި، އެމްޑީޕީގެ އުސޫލުތައް ގަބޫލު ކުރާ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ތަޖުރިބާއަށް ބަލާއިރު ކުރިން އަޅުގަނޑަށް ލިބުނީ ވަރަށް ބޮޑު ބޭވަފާތެރިއެއް. އެހެންކަމުން މި ފަހަރުއެ މަގާމް ހަވާލު ކުރާއިރު، ވަފާތެރި، އެމްޑީޕީގެ އުސޫލުތައް ގަބޫލު ކުރާ މީހަކަށް ވާން ޖެހޭނެ. ކުރިއަށް އޮތް ފަސް އަހަރު ނިމުނީމާ އަޅުގަނޑެއް ނުހުންނާނެ. އެހެންވީމާ އެންމެ ފަހުން އެންމެ ގިނައިން ފާހަގަވާ ބޭފުޅަކަށް ވާނީ އަޅުގަނޑުމެންގެ ނައިބު ރައީސެއްގެ ގޮތުގައި މި ފަހަރު ކަނޑައަޅާ ބޭފުޅަކު" 2013 ވަނަ އަހަރު ރައީސް ނަޝީދު ވިދާޅުވިއެވެ.
70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް