ads
ގުޑުގުޑާ ދޫނި - ފޮޓޯ: ޖައުޕިކްސް
ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ކުޅުދުއްފުށި ކުޅިއަށް
ފަހަކަށް އައިސް ރާއްޖެއަށް ޒިޔާރަތް ކުރަމުންދާ ގުޑުގުޑާ ދޫނިތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިޔަށް އައިސްފި އެވެ.

އިއްޔެއިން ފެށިގެން ކުޅުދުއްފުށީ މަށި ކުޅިން މި ދޫނިތައް ފެނެއެވެ. ގުޑުގުޑާ ދޫންޏަކީ ރާއްޖޭގައި އާންމުކޮށް ދިރިއުޅޭ ދޫނިތަކެއް ނޫނެވެ. މޫސުމީ ބަދަލުތަކާ އެހެނިހެންވެސް ސަބަބުތަކާ ހެދި ރާއްޖެއަށް އެކި ދުވަސްވަރު ގުޑުގުޑާ ދޫނި ޒިޔާރަތް ކުރެއެވެ.

ގުޑުގުޑާ ދޫނިތައް އައުމަކީ ކުޅުދުއްފުށީގެ ކުޅިއަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ. ގުދުރަތީ ގޮތުން ބަލާ ފޫހިނުވާ ހިތްގައިމު މަންޒަރުތަކެކެވެ. މި ދޫނިތައް ބަލައިލާ ފޮޓޯ ނެގުމަށް ގިނަ ބަޔަކު ކުޅުދުއްފުށީ ކުޅިޔަށް ދެއެވެ. 

މިދިޔަ ދެއަހަރުވެސް ގުޑުގުޑާ ދޫނި ރާއްޖޭގެ އުތުރުގެ ރަށްތަކަށް ޒިޔާރަތް ކޮށްފައިވެއެވެ. މި ދޫނިތަކަކީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެކެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް