ads
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ. ފޮޓޯ:މީރާ
މީރާ ފަޅާލި މީހާ ޖަލަށްލުމަށް ހުކުމްކޮށްފި
މިދިޔަ އަހަރުގެ ފަހުކޮޅު، މާލޭގައި ހުންނަ މީރާގެ އޮފީހަށް ދަންވަރު ވަދެ، އެ ތަނުން 25 ރުފިޔާ ވަގަށް ނެގި މީހަކު ތިން މަސް ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މި ދިޔަ ސެޕްޓެމްބަރު މަހު މީރާގެ އޮފީހުން ވަތް މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. ހިތަދޫ ދެކުލައަރާގެ މުހައްމަދު އަސްލަމްގެ މައްޗަށެވެ. 

އޭނާގެ މައްޗަށް ހުކުމް އައީ މިއަދުއެވެ. މީރާގެ އޮފީހުން އޭނާއަށް ވަގަށް ނެގުނީ އެންމެ 25 ރުފިޔާއެވެ. އެވެސް މުވައްޒަފަކު އޭނާގެ މޭޒު މަތީ ބާއްވާފައި އޮތް 25 ރުފިޔާއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދެ ދައުވާއަކީ، އެނގި ހުރެ ހުއްދަ ނޫންތަކަށް ވަނުމުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ދެ ދައުވާއަށްވެސް އެ މީހާވަނީ އިއުތިރާފުވެފައެވެ. 

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި އޭނާއަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މުދަލަށް ގެއްލުން ދިން މައްސަލައިގައި އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ. 

މި މައްސަލަތަކުގެ ތަހުގީގަށް ބަންދުގައި އެ މީހާ ހޭދަކުރި 30 ދުވަސް ހުކުމުން އުނިކުރުމާ ގުޅިގެން އޭނާ ޖަލު ބަންދުގައި ހުންނަން ޖެހޭނީ ތިން މަހާއި 15 ދުވަހަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް