ads
ހުޅުމާލެ
ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއް ލައްގައިފި
ހުޅުމާލެއަށް އިންސާނެއްގެ ހަށިގަނޑުގެ ބައި ތަކެއް ލައްގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ލައްގާފައިވަނީ ހުޅުމާލޭ ރެޑްބުލް ދަނޑާ ދިމާ އަތިރިމަތިންނެވެ. 

ރިޕޯޓްތައް ބުނާ ގޮތުމް އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވަނީ މިއަދު ހަވީރު އެވެ. މިކަން ފުލުހުންގެ ސަމާލު ކަމަށް އައިސް ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. 

ހުޅުމާލޭ ބީޗުން އިންސާނެއްގެ ހަށިގަނޑުގެ ބައެއް ފެނިފައިވާއިރު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ތެޔޮ ބޯޓަކުން ގެއްލުނު ބިދޭސީއެއް އަދިވެސް ނުފެނެއެވެ. އެ ބޯޓުން ގެއްލުނު ކަމަށް ފުރަތަމަ ރިޕޯޓްކުރި ދިވެއްސަކު، މަރުގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާއިރު، އެ ބޯޓު އޮޔާ ދަނިކޮށް ހުޅުލެ ކައިރިން ފެނިފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް