ads
ކްރިމިނަލް ކޯޓުގެ މައި ދޮރާށި
މީރާ ފަޅާލި މީހާ އަނެއްކާވެސް އެހެން މައްސަލައެއްގައި ހައްޔަރުކޮށްފި
މިދިޔަ އަހަރުގެ ފަހުކޮޅު، މާލޭގައި ހުންނަ މީރާގެ އޮފީހަށް ދަންވަރު ވަދެ، އެ ތަނުން 25 ރުފިޔާ ވަގަށް ނެގި މުހައްމަދު އަސްލަމް، ތިން މަސް ދުވަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނިކޮށް މުދަލަށް ގެއްލުން ދިނުމުގެ އެހެން މައްސަލައެއްގައި އޭނާ މިއަދު އަނެއްކާ ހައްޔަރުކޮށްފިއެވެ.

މި ދިޔަ ސެޕްޓެމްބަރު މަހު މީރާގެ އޮފީހުން ވަތް މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ސ. ހިތަދޫ ދެކުލައަރާގެ މުހައްމަދު އަސްލަމްގެ މައްޗަށެވެ. 

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ދެ ކުށެއް ސާބިތުވެގެން މިއަދު ހުކުމް ކުރިއިރު، އެހެން މައްސަލައެއްގައި މިއަދުވަނީ 15 ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައެވެ. ބަންދު ކުރަން އަމުރުކުރީވެސް މުދަލަށް ގެއްލުން ދިނުމުގެ މައްސަލައެއްގައެވެ. 

މިއަދު އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ދެ ހުކުމުގެ ތެރެއިން އެއް ހުކުމަކީވެސް މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެގެން ކުރި ހުކުމެވެ. މީގެ ކުރިން މޯލްޑިވިއަންގެ އޮފީހެއް ފަޅާލައިގެންނާއި ޖުވެނައިލް ކޯޓު ފަޅާލައިގެންވެސް އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް