ads
ސޯދުބޭ ހޮސްޕިޓަލުގައި، އާއިލާގެ ބޭފުޅުންނާއިއެކު
ސޯދުބޭ ބަލިއެނދުގައި އޮންނަވަނިކޮށް، ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލްގައި
ދިވެހި އަދީބިއްޔާތަށް ގިނަ ދުވަސްތަކަކު ހިދުމަތް ކޮށްދެއްވި، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޢަބްދުﷲ ސޯދިގު، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އެޑްމިޑް ކުރެވިފައި ވަނިކޮށް، ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލުގައި ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމުން އެ ހޮސްޕިޓަލަށް ހިތް ދެވި ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރައްވައިފިއެވެ.

ސޯދުބޭގެ ހަގު ދަރިކަލުން ރައުފަތު ސޯދިގުގެ ކައިވެންޏަށް ދެ ހަފްތާއަށް ވެފައި ވަނިކޮށް ސޯދުވެ އާލާސްކަންފުޅު ބޮޑުވެ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. އަދި ދަރިކަލުންގެ ކައިވެނީގެ ތާރީހު ޖެހުނުއިރުވެސް ރަނގަޅުވެ ހޮސްޕިޓަލުން ނިކުމެވޭވަރު ނުވެއެވެ.

ނަމަވެސް ސޯދުބޭގެ އާއިލާގެ އެދުމުގެ މަތިން ހޮސްޕިޓަލުން މިވަނީ ސޯދުބޭ އެޑްމިޓްކޮށްފައި އޮންނެވި ކޮޓަރީގައި ދަރިކަލުންގެ ކައިވެނި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ އެކަން ކޮށްދީފައެވެ. އެކަމާއި ގުޅިގެން އައިޖީއެމްއެޗްގެ "ލޯބިވާ ހޮދުމަތްތެރިންނަށް" ސޯދުބޭވަނީ ޝުކުރުގެ މެސެޖެއް ފޮނުއްވާފައެވެ.

"މިއަދު ހެޔޮހާލުގައި މިހުރެވުނީ ﷲ ގެ ރަހުމަތްފުޅާއި އެކު، ތިޔަ ނަރުހުންގެ ހިދުމަތާއި ތިޔަ ޑޮކްޓަރުންގެ މަސައްކަތްޕުޅުންނެވެ. ތިޔަ ހިދުމަތްތެރިންގެ ސަބަބުންނެވެ." ސޯދުބޭ ލިއުއްވާފައިވެއެވެ.

ސޯދުބޭ ވިދާޅުވީ ދަރިފުޅުގެ ކައިވެންޔަށް ދެ ފަހްތާއަށް ވެފައި ވަނިކޮށް އެޑްމިޑްކުރަން ޖެހުމުން އައިޖީއެމްއެޗުން ދިން ހިދުމަތަކީ ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރަންޖެހޭ ހިދުމަތެއް ކަމަށެވެ. މިއީ މިހާތަނަށް ނުފެންނަ އޯގާތެރިކަމެއް ފެނިގެންދިޔަ ފަހަރެއްކަމާއި މިފަހަރު މިއީ އަންބުރާ ދާހިތްނުވި ފަހަރެއްކަމަށް ސޯދުބޭ ވިދާޅުވިއެވެ.

"ހަގުދަރިފުޅުގެ ކައިވެނިވެސް މިތަނުގައި ކުރުމަށް މަގުފަހިކޮށްދެއްވި ކަމަށްޓަކައި، ހޮސްޕިޓަލުގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއިއެކު ޝުކުރެއް ދަންނަވަމެވެ" ސޯދުބޭ ލިއުއްވާފައި ވެއެވެ.

ސޯދުބޭ ވިދާޅުވީ ބަލިއެނދުގައި އޮންނަވަނިކޮށް ދަރިފުޅުގެ ކައިވެނި ހޮސްޕިޓަލުގައި ކުރިއަށްދިޔަ ތަން ފެނުމުން ލިބުނު އުފަލުގެ ވާހަކަ ދަންނަވާނީ "ކިހިނެއް ކަމެއްވެސް ނޭންގެއެވެ". 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް