ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން
ކެމްބޯޑިއާގެ ބޮޑު ވަޒީރު ދޫކޮށްލި ‘ކޫލް’ ފޮޓޯ އަލްބަމް
Share
ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ރާއްޖޭގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.
Advertisement

ފޭސްބުކްގައި ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ގެ ޕޭޖު 13 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ފޭސްބުކްގައި އިއްޔެ ހިއްސާ ކުރެއްވީ ރާއްޖެއަށް މިހާރު ކުރަައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މަނިކުފާނު ހުންނަވާ ރިސޯޓުގައި އެ މަނިކުފާނު ހުއްނަވާ ފޮޓޯތަކެވެ. 

ދިހަ ވަރަކަށް ފޮޓޯ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވާފައިވާއިރު، ފޮޓޯތަކަށް 17 ހާހަށްވުރެ ގިނަ ކޮމެންޓް ލިބިފައިވެއެވެ. އަދި އަށްހާހެއްހާ ފަހަރު އެ ފޮޓޯތައް ޝެއާކޮށްފައިވެއެވެ. ނޫކުލައިގެ ޓީޝާޓަކާ ސޯޓެއް ތުރު ކުރައްވައިގެން ރިސޯޓުގައި ހުންނަވާ ފޮޓޯތަކަކާ އަދި ހުދު ރޯބެއްގައި ހުންނަވާ ފޮޓޯތަކެއްގެ އިތުރުން މޫދުގައި އެ މަނިކުފާނު އުޅުއްވާ ފޮޓޯތަކެއްވެސް ހިއްސާ ކުރައްވައި ވިދާޅުވީ ރާއްޖޭގައި ސްނޯކްލް ކުރައްވާ ކަމަށާއި، ލޮނު ފެނުގައާއި ސައިބޯނި ފެނުގައިވެސް އުޅުއްވި ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެ ވަޑައިގެންނެވީ އާދިއްތަ ދުވަހު ހެނދުނުއެވެ. މިއީ އެމަނިކުފާނު ރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ. 

މިދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ގުޅުން ހަރުދަނާކުރެވިދާނެ ބައެއް ދާއިރާތަކުން ފަހުމްނާމާތަކުގައި މިހަރުވަނީ ސޮއި ކުރައްވާފައެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް