ads
ޒުވާން ލީޑަރުން ފޯރަމްގެ ތެރެއިން--
79 ޒުވާނުންނާއެކު ފެށި ޒުވާން ލީޑަރުންގެ ފޯރަމް ނިންމާލައިފި
ޔޫތް ލީޑާސް ނެޓްވޯކުން ކުރިއަށްގެންދިޔަ މިއަހަރުގެ ފުރަތަމަ ޒުވާން ލީޑަރުންގެ ފޯރަމް ނިމިއްޖެ އެވެ.

ނ. ވެލިދޫގައި ކުރިއަށްގެންދިޔަ މި ފޯރަމު، އެ އަތޮޅުގެ 12 ރަށަކުން 79 ޒުވާނުން ފުރިހަމަކުރި އެވެ. ފޯރަމްގެ ތެރޭގައި މައިގަނޑު 7 ދާއިރާއަކުން ސެޝަންތައް ކުރިއަށްގެންދިޔަ އެވެ. 

އޭގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އަދި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހިމެނެ އެވެ. މީގެއިތުރުން ވަނީ ޔޫތް ލީޑާސް ނެޓްވޯކްގެ ސެޝަނަކާއި، ބައިވެރިންނަށް ދަސްވި ކަންތައްތައް ދެނެގަތުމަށް ބައިވެރިންގެ ރަށްތަކުގައި ހުރި މައްސަލަތަކާއި، އެކަންކަމަށް އޮތް ހައްލާއި، ކުރިމަގުގައި މަސައްކަތްކުރާނެ ގޮތްތަކާއެކު ޕްރެޒެންޓޭޝަންތައް ހުށަހަޅާފަ އެވެ. 

ޒުވާން ލީޑަރުން ފޯރަމް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ހޯމް މިނިސްޓްރީ

މި ފޯރަމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު މާހިރު އީސާ ވިދާޅުވީ، މިއީ ކާމިޔާބު ފޯރަމެއްކަމަށާއި، ފޯރަމް ނިމުނުއިރު ޒުވާން ލީޑަރުން ހަގީގަތުގައި ވެސް ލީޑަރުންނަށްވިކަން ޔަގީންކުރެވުނު ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިލީޑަރުންގެ ފުރިހަމަ އެހީތެރިކަން މިޤައުމަށް ލިބިގެންދާނެ. މިއަތޮޅަށް ލިބިގެންދާނެ. އަދި އެބޭފުޅުންގެ ރަށަށް އެބޭފުޅުން ހިދުމަތްކުރައްވާނެ" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ މި ދައުރުގައި ބޭއްވުނު ފަސް ވަނަ ފޯރަމް ނަމަވެސް މިއީ މިއަހަރުގެ ފުރަތަމަ ފޯރަމެވެ.

ޔޫޓް ލީޑާސް ނެޓްވޯކަކީ ހޯމް މިނިސްޓްރީގެ މެންޑޭޓް ފުރިހަމަ ކުރުމުގައި އެހީތެރިކަން ދިނުމަށް ރާއްޖޭގައި ހިންގާ ކޮލެޖް ޔުނިވާސިޓީގެ ދަރިވަރުންގެ މައްޗަށް އެކުލެވިގެންވާ ނެޓްވޯކެކެވެ. ޔޫތް ލީޑާސް ނެޓްވޯކްގައި ހަރަކާތްތެރި ވަނީ ކޮލްޖެ ޔުނިވާސިޓީގެ ދަރިވަރުންގެ ތެރެއިން މިނިސްޓްރީން ކަނޑައަޅާފައިވާ މެމްބަރުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް