ads
އައިޝްވާރިޔާ ރާއި ބައްޗަން އަދި ޓްރިޝާ
އައިޝްވާރިއާ ގެ ސިފަ ލިބިފައިވާ ހަ މީހުން
ބޮލީވުޑްގެ ތަރި އައިޝްވާރިއާ ބަޗަން އަކީ 1994 ވަނަ އަހަރުގެ މިސް ވޯލްޑެވެ. އަދި އޭގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ބަތަލާއެކެވެ. ނަމަވެސް އޭނާއާއި ސިފަ އެއްގޮތް ހަ މީހުން އުޅޭކަން އެނގޭހެއްޔެވެ؟

ސްނޭހާ އުއްލާލް: 

ސްނޭހާ އުއްލާލް ފުރަތަމަ ފަހަރަށް ފެނުނީ ސަލްމާން ޚާންގެ "ލަކީ" އިންނެވެ. ބެލުންތެރިން ސިއްސައިގެން ދިޔައީ އައިޝްވާރިޔާ ރާއީ ބައްޗަން އާއި އޭނާގެ އާދަޔާ ހިލާފު ވައްތަރު ކަމުންނެވެ. އަހަރުތަކެއް ފަހުން ސްނޭހާ އެއްބަސްވީ އައިޝްވާރިޔާގެ ލޫކަލައިކްގެ ގޮތުގައި އޭނާ އިންޑަސްޓްރީއަށް ތައާރަފް ކުރުމަކީ ޕީއާރު ސްޓްރެޓެޖީއެއްގެ ގޮތުގައިކަމަށެވެ.

your imageސްނޭހާ އުއްލާލް

މަނާސީ ނާއިކް:

މަނާސީ ނައިކް ފިލްމީ ތަރި އައިޝްވާރިޔާ ރާއި ބައްޗަން އާއި ވައްތަރުވުމުން އޭނާގެ ފޭނުން ސިއްސުވާލިއެވެ. މަސާނީ އެންމެ ފުރަތަމަ މަޝްހޫރު ވެފައިވަނީ އޭނާގެ މޮޅު ނެށުމުގެ ހުނަރުގެ ސަބަބުންނެވެ. 

your imageމަނާސީ ނާއިކް

އަމްރުތާ:

އަމްރޫތާގެ ވީޑިއޯ އިންޓަނެޓްގައި ވައިރަލްވީ ފިލްމު "ކަނދިކޯޑިއަން" އިން އައިޝްވާރިޔާގެ ޑައިލޮގްތައް މީސްމީޑިއާއަށް ދޫކުރަން ފެށުމުންވެ. އައިޝްވާރިއާއާއި ވައްތަރުކަމުން މަޝްހޫރުވި އަމްރުތާގެ އެތައް ހާސް ފޭނުންނެއްވެސް މިހާރު އެބަތިއްބެވެ. 

your imageއަމްރުތާ

މަހްލަގާ ޖަބެރީ 

އައިޝްވާރިޔާއާ ވައްތަރު މީހުންތިބީ ހަމައެކަނި އިންޑިއާ އާއި ޕާކިސްތާނުގައި އެކަންޏެއް ނޫނެވެ. އީރާނުގައި ވެސް އައިޝްވާރިއާއާ ވައްތަރު މީހަކު ދިރިއުޅެއެވެ. އީރާނުގެމަހްލަގާ ޖަބެރީގެ ފޮޓޯތަކަށް ވެސް ވެސް ވަނީ އިންޓަނެޓުގައި ބޮޑު ތަރުހީބެއް ލިބިފައެވެ. 

your imageމަހްލަގާ ޖަބެރީ

އާމްނާ އިމްރާން

ބިއުޓީ ބްލޮގަރެއް ކަމަށްވާ ޕާކިސްތާނުގެ އާމްނާ އިމްރާން ވެސް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ އޭނާ އައިޝްވާރިއާ އާ ވައްތަރުކަމުންނެވެ. އާމްނާ އަކީ އައިޝްވާރިއާގެ ވަރަށް ބޮޑު ސަޕޯޓަރެއްވެސްމެއެވެ. 

your imageއާމްނާ އިމްރާން

އާޝިތާ ސިންގް:

އާޝިތާ ސިންގް އަކީ އައިޝްވާރިއާ އެންމެ ވައްތަރު މީހާ ކަމަށް ގިނަބަޔަކު އެއްބަސްވެއެއެވެ. އާޝިތާ އަކީ އައިޝްވާރިޔާގެ "ކޮޕީއެއް" ކަމަށްވެސް ދެ މީހުންގެ ސަޕޯޓަރުން ވެސް ބުނެއެވެ. 

your imageއާޝިތާ ސިންގް

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް