ads
ނިޔަފަތީގައި މާޖަހާފައި
މީ އާއިލާ މީހުން ރުޅި އަންނަ ކަމުގެ ނިޝާނެއްތަ؟
ނިޔަފަތީގައި މާ ޖެހުމަކީ ގިނަބަޔަކަށް ދިމާވާކަމެކެވެ. ބައެއް މީހުން ބުނާގޮތުން ނިޔަފަތީގައި މާޖަހަނީ އާއިލަ މީހުން ތިމާ ދެކެ ރުޅިއަންނާތީއެވެ.

ބައެއް ދިވެހިން ބުނާގޮތުން އެމީހުންގެ ނިޔަފަތީގައި މާޖަހަނީ "މަންމަ ފަރާތު މީހަކު ރުޅި އަންނާތީ" އެވެ. އަނެއް ބަޔަކު ބުނަނީ "ބައްޕަ ފަރާތު ބަޔަކު ރުޅި އަންނާތީ" ކަމަށެވެ. މިހެންކަމުން ދިވެހިން ދެކޭގޮތުން ނިޔަފަތީގައި މާޖަހަނީ އާއިލާ މީހުން ތިމާދެކެ ރުޅި އަންނަތީއެވެ. 

އެކި ގައުމުތަކުގައި މިކަން ދެކޭގޮތް ތަފާތެވެ. މިގޮތުން އަަވަށްޓެރި އިންޑިއާގައި މީހުންދެކޭގޮތުން ނިޔަފަތީގައި މާޖެހުމަކީ ދަތުރުކުރުމަށް ފުރުސަތު ލިބޭކަމެކެވެ. އަވަށްޓެރި ސިރީ ލަންކާ މީހުން ދެކޭގޮތުން ނިޔަފަތީގައި މާ ޖެހުމުން ދަތުރުކޮށްފައި އަންނަ ރަހުމަތްތެރިއެއް ހަދިޔާއެއް ގެނެސްދޭނެއެވެ. 

ނަމަވެސް މިފަދަ ބޯދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫނެވެ. އޭގެ ބަދަލުގައި ޑޮކްޓަރުން މިކަމާމެދު ދެކެނީ ކިހިނެތްތޯ ބަލާލުން ވެސް މުހިންމެވެ. 

ނިޔަފަތީގައި ހުދު ލަށް ޖެހުން ނުވަތަ ނިޔަފަތީގައި މާ ޖެހުމަށް ޑޮކްޓަރުން ކިޔަނީ ލޫކޮނިޗިއާއެވެ. 

your imageނިޔަފަތީގައި މާޖަހާފަ

ނިޔަފަތީގަ މާ ޖަހަނީ ކީއްވެ؟ 

އެކި ގައުމުތަކުގައި ނިޔަފަތީގައި މާޖެހުމާ މެދު ތަފާތު ވާހަކަ ދެކެވުނު ނަމަވެސް، ސައިންސުގެ އަލީގައި މިކަމަށް ބަލާލާއިރު، ނިޔަފަތީގައި މާޖެހުމަކީ މިފަދަ ބޯދާ ކަމަކާ ގުޅުން އޮތް ކަމެއް ނޫންނެވެ. މިގޮތުން ނިޔަފަތީގައި މާޖަހާފާނެކަމަށް ޑޮކްޓަރުން ދެކޭ ބައެއް ސަބަބުތަކަށް ބަލާލާނަމެވެ. 

1. ނިޔަފައްޗަށް އަނިޔާވުން

ނިޔަފައްޗަށް އަނިޔާވުމަކީ ނިޔަފަތި ހުދު ލައްޖެހުމަށް ދިމާވާ އެންމެ އާންމު ސަބަބެވެ. މިގޮތުން ނިޔަފައްޗަށް ބޮޑު އަނިޔާއެއް (ޓްރޯމާއެއް) ލިބިފައިވާނަމަ ނިޔަފަތިގަނޑު މަރުވުމަކީ ވެސް ވެދާނެކަމެކެވެ. 

އެކަމަކު ކުދިކުދި ޓްރޮމާތަކުން ނުވަތަ ނިޔަފަތިއަށް އަނިޔާއެއް ލިބުމުން ވެސް ހުދު ކުލަތަކެއް އުފެދިދާނެ އެވެ. މިސާލަކަށް ނިޔަފަތި ދަތްއެޅުމަކީ އާންމު އާދައެއް ކަމަށް ހަދައިގެން އުޅޭ މީހުންނަށް ވެސް މި މައްސަލަ ދިމާވެއެވެ. އެއީ ނިޔަފަތިތަކުގައި ހުދު ކުލައެއް އުފެދުމަށް މެދުވެރިވާ ބޮޑު ސަބަބެކެވެ.

ޓްރޯމާ އަކީ އަބަދުވެސް ޖިސްމާނީ ކަމެއް ނޫނެވެ. އެއީ ކެމިކަލް ކަމަކަށް ވެސް ވެދާނެ އެވެ. ވަކި ނިޔަފަތި ޕޮލިޝްތަކާއި އެކްރިލިކް ނިޔަފަތިތަކުން ވެސް ހުދު ކުލައެއް އުފެދިދާނެ އެވެ.

2. ސިއްހީ ހާލަތު ގޯސްވުން

ވަކި ސިއްހީ ހާލަތްތަކެއްގެ ސަބަބުން ލޫކޮނިޗިއާ ޖެހިދާނެ އެވެ. އާންމުކޮށް މީހުންގެ ނިޔަފަތިތަކުގައި ހުދު ބެންޑްތައް އުފެދުމަކީ މީގެ އަލާމާތެކެވެ. 

ފުރަމޭގެ ބަލިތަކާއި، ހިތުގެ ބަލިތަކާއ، ހަކުރުބަލީގެ ސަބަބުން ލޮންޖިޓިއުޑިނަލް ލިއުކޮނިޗިއާ ނުވަތަ ނިޔަފަތީގެ ދިގަށް ދުއްވާ ހުދު ކުލަތަކެއް އުފެދިދާނެ އެވެ. ދިގުދެމިގެންދާ ކިޑްނީގެ ބަލިތަކުގެ ސަބަބުން ނިޔަފަތީގެ މަތީ ބައި ހުދުވެދާނެއެވެ.

ކީމޯތެރަޕީގެ ސަބަބުން ނިޔަފަތިތަކަށް ގިނަ ބަދަލުތަކެއް އަންނައިރު، އޭގެ ތެރޭގައި ނިޔަފަތީގެ ހުރަހަށް އަދި ދިގަށް ހުދު ލަށް ޖެހުމާއި ހުދުވުން ހިމެނެއެވެ. 

3. ވިޓަމިން މަދުވުން

ލިއުކޯނިޗިއާ އަކީ ވިޓަމިން މަދުވުމުގެ އަލާމާތަކަށް ވެދާނެ އެވެ. ކެލްސިއަމް، ސެލެނިއަމް، އަދި ޒިންކް މަދުވުމަކީ ނިޔަފަތި ހުދުކޮށް ފެންނަ ކަމެކެވެ. މި އުނިކަންތަކުގެ ސަބަބުން ނިޔަފަތި ހުދު ބެންޑްތަކެއް އުފެދެއެވެ. އެކަމަކު މި ނިޔަފަތި ބަދަލުތައް އުފެއްދުމަށްޓަކައި ވިޓަމިންގެ ވަރަށް ބޮޑަށް ދަށްކަން ހާމަވެއެވެ. 

ދިރާސާތަކުން ދައްކާ ގޮތުގައި ނިޔަފަތިގައި ހުދު ބެންޑެއް ހުންނަ މީހުންގެ ގައިގައި ގާތްގަނޑަކަށް އަބަދުވެސް ވިޓަމިންގެ މިންވަރު އާދައިގެ މިންވަރަކަށްވުރެ މަދެވެ.

4. ފަންގަސް އިންފެކްޝަންތައް

ނިޔަފަތިގައި އިންފެކްޝަނެއް ޖެހުމަކީ ނިޔަފަތިތަކުގައި ހުދު ކުލައެއް އުފެދުމަށް އާންމުކޮށް މެދުވެރިވާ ސަބަބެކެވެ. ނިޔަފަތި ފަންގަސް ނުވަތަ އޮނިކޮމައިކޯސިސް އުފެދެނީ ނިޔަފަތީގައި ހުންނަ ކެރެޓިން ފަށަލަތަކުގެ މެދުގައި ފަންގަސް ގިނަވާންފެށުމުންވެ.

ނިޔަފަތި ފަންގަސް ޖެހުމުން އެންމެ ފަހުން ނިޔަފަތި މުށިކުލައިގެ ނުވަތަ ރީނދޫ ކުލައެއް ފެންނާނެއެވެ. އެކަމަކު ފުރަތަމަ ހީވަނީ ނިޔަފަތީގެ ކޮޅުގައި ހުދު ކުލައެއް ޖަހާފައި ހުރިހެންނެވެ. ނިޔަފަތި ފަންގަސް ގިނައިން ފެންނަނީ ފައިގެ ނިޔަފަތިތަކުގައި ނަމަވެސް އިނގިލީގެ ނިޔަފަތިތަކަށް ވެސް މި ބަލިޖެހިދާނެ އެވެ.

ނިޔަފަތިތަކަށް ގާތުން ފާރަވެރިވާށެވެ، ސަބަބަކީ ނިޔަފަތި ފަންގަސް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަކީ ނިޔަފަތި ރެނދުލުން ނުވަތަ ކުދިކުދިވުން ފަދަ ސީރިއަސް އަލާމާތްތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

57%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް