ads
މިފްކޯގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ފައުޒީ/ ފޮޓޯ:އަވަސް
މިފްކޯ ރޯދަ ޕްރޮމޯޝަންގައި ބޮޑެތި އިނާމުތަކެއް!
މި އަހަރުގެ މިފްކޯ ރޯދަ ޕްރޮމޯޝަން ހާއްސަ އަގުތަކަކާއި އެކު ފަށައިފި އެވެ.

މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި މިފްކޮގެ މަސް ފިހާރަތަކުން ދަޅުމަސް ހާއްސަ އަގުތަކެއްގައި ލިބިގެންދާނެއެވެ. އެގޮތުން، 680 ރުފިޔާ އަށް ވިއްކަމުން ދިޔަ ތެޔޮ މަސް ކޭހެއް ޕްރޮމޯޝަންގެ ދަށުން ވިއްކުމަށް ހަމަޖެހިފައި ވަނީ 640 ރުފިޔާ އަށެވެ. އަދި 645 ރުފިޔާ އަށް ވައްކާ ފެން މަސް ކޭސް، ޕްރޮމޯޝަންގެ ދަށުން ވިއްކުމަށް ހަމަޖެހިފައި ވަނީ 595 ރުފިޔާ އަށެވެ. 

ރީޓެއިލްކޮށް ވިއްކާ މަސްދަޅުތަކުގެ އަގުވެސް މި ޕްރޮމޯޝަންގެ ދަށުން އަގު ހެޔޮ ވެގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ. 

މިފްކޯގެ މަސް ދަޅު ކޭސްތައް މާލޭގެ ފިހާރަތަކުން ލިބެން ހުންނަ އަގުތަކުގައި، އަތޮޅު ތެރޭގެ ރަށްތަކަށް ފޯރުކޮށްދިނުމަށް، މިފްކޯއިން ބައެއް އަތޮޅުތަކަށ މަސް ދަޅު ކޭސް ފޯރުކޮށްދޭނެ ކަމަށް މިފްކޯއިން ބުނެއެވެ. މި އަތޮޅު ތަކުގެ ތެރޭގައި ޅ. އަތޮޅު، ފުވައްމުލަކާއި އައްޑޫ ހިމެނެ އެވެ.

މޭ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަންގައި ލަކީޑްރޯގެ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިފްކޯގެ މަސްފިހާރަތަކުން 100 ރުފިޔާ އަށް ވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ލަކީޑްރޯގައި ބައިވެރިވެ ސައިލެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު، ވަކި ވަކި ފިހާރަތަކުން ގުރުއަތުން ހޮވޭ ފަރާތްތަކަށ އަގުހުރި އިނާމުތައް ލިބިގެންދާނެ އެވެ. 

ދުރާލާ މިފަދަ ޕްރޮމޯޝަނެއް ފަށައި އެހާ ގިނަ ދުވަހަށް ޕްރޮމޯޝަން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކަށް ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމުގައި މިފްކޯއިން ބުނެ އެވެ.

މާފަންނުގައި ހުންނަ މިފްކޯ މަސްފިހާރާގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި، މިފްކޯގެ ރޯދަ ޕްރޮމޯޝަން ފައްޓަވައިދެއްވީ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ފައުޒީ އެވެ. ޕްރޮމޯޝަން ފައްޓަވާދެއްވާ އެމްޑީ ވިދާޅުވީ، މިފްކޯގެ އުފެއްދުންތައް ހުސްނުވެ ރޯދަ މަހު ލިބެން ހުންނާނެ ގޮތް ހަމަޖެއްސުމަށް މަސައްކަތް ކުރާނެކަމުގަ އެވެ.

މާފަންނުގައި ހުންނަ މިފްކޯގެ މަސް ފިހާރައިގެ އިތުރުން ރަށްދެބައި މަގުގައި ހުންނަ މަސް ފިހާރަ އާއި ހުޅުމާލޭގައި ހުންނަ މަސްފިހާރާގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް