ads
ފްލެޓްތަކުގެ މަސައްކަތް ރައީސް ބައްލަވާ ލައްވަނީ
މިސަރުކާރުގެ ފެލެޓްތައް ވަރަށް ތަނަވަސް ވަރަށް ޗާލު، އޮގަސްޓްގައި ވަދެވޭނެ
މިސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ފްލެޓްތައް ނިމުމުން ހުންނާނެގޮތް، އިއްޔެ ދައްކާލިއިރު، އަންނަ އޮގަސްޓް މަހު، އެތަންތަނަށް ވަދެވޭނެކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓްތައް ހުޅުމާލޭގައި ތަރައްގީ ކުރަމުން ގެންދާއިރު، އިއްޔެ ދައްކާލާފައިވަނީ ދެ ކޮޓަރީގެ ފްލެޓް ނިމުމުން ހުންނާނެ ގޮތުގެ މޮޑެލްއެކެވެ. މިތަން ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަޑައިގެންނެވި އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ޖުމްލަ 32 ޓަވަރުގެ މަސައްކަތް ހުޅުމާލޭގައި ކުރަމުންދާއިރު، އެކުންފުނިން ބުނީ ފުރަތަމަ 13 ޓަވަރުގެ މަސައްކަތް މިއަހަރު ނިންމާ އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށެވެ.

ފުރަތަމަ ނިންމުމަށް ހަމަޖެހިފައިވަނީ ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. އެއީ 1200 އެޕާޓްމަންޓެވެ. މީގެއިތުރުން ތިން ކޮޓަރީގެ 2800 އެޕާޓްމަންޓްގެ މަސައްކަތްވެސް 2024 އަދި 2025 ގައި ނިމޭނެކަމަށް ކޯޕަރޭޝަނުން ބުނެއެވެ.

your imageއެޕާޓްމަންޓް ނިމުމުން ހުންނާނެގޮތް

ފްލެޓްތައް ނިމުމުން ހުންނާނެގޮތް ދައްކާލާފައިވާއިރު، މޮޑެލް އެޕާޓްމަންޓުން ފެންނަގޮތުގައި އެތަން ވަރަށް ޗާލެވެ.

your imageއެޕާޓްމަންޓްތައް ނިމުމުން ހުންނާނެގޮތް

ފަހިދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީ ކުރަމުންދާ 1200 ކޮޓަރީގެ ތަނަވަސް އެޕާޓްމަންޓް ތަކުގެ ސައިޒަކީ 650 އަކަފޫޓެވެ. އަދި 2800 އަކަފޫޓްގެ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކުގެ ސައިޒަކީ 900 އަކަފޫޓެވެ.

78%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް