ads
ރެޑިސަން ބުލޫ މޯލްޑިވުސް--
ރިސޯޓެއްގެ މަސައްކަތުގައި އީއައިއޭ ނުހެދުމުން ބޮޑު ޖޫރިމަނާއެއް
އދ. ހުރުއެޅި، ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ތަރައްގީކުރުމުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އެންވަޔަރމަންޓް އިންޕެކްޓް އެސެސްމަންޓް، އީއައިއޭ ނުހަދާ ކޮށްފައިވުމުން ހުރުއެޅި އިންވެސްޓްމަންޓް 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުރުއެޅި ބަނދަރު ތަރައްގީކުރުމުގައި 1،055 އަަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1583 ކޮޑިމީޓަރުގެ ވެލި ނަގައި، 60 މީޓަރުގެ ބަނދަރެއް ހެދިކަމަށެވެ.

އަދި އެމަސައްކަތް ކުރުމުގެ ތެރޭގައި ނެގި ވެލި ބަނދަރާ އިންވެގެން އޮންނަ ބަނދަރުގެ ކީ ވޯލްގެ ފަހަތަށް އަޅާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

އެމަސައްކަތް އެގޮތަށް ކުރިކަމަށާއި މިދިޔަ އަހަރުގެ ޖުލައި 15 ގައި ފަށައި ސެޕްޓެމްބަރު 30 ގައި އެމަސައްކަތް ނިންމިކަމަށް ހުރުއެޅި އިންވެސްޓްމަންޓުން އިއުތިރާފްވެފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އެ މަސައްކަތްތައް ކޮށްފައިވަނީ އީއައިއޭ ފުރިހަމަނުކޮށް އެހެންކަމުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ގަވައިދުގެ ދަށުން އެކުންފުނި 28.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާކަމަށްވެސް އީޕީއޭއިން ބުނެއެވެ.

އަދި ޖޫރިމަނާ ފައިސާ ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށްވަނީ އަންގާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް