ads
އެޕާޓްމަންޓު ދޮރުމައްޗަށް ބޮޑުކަމުދިޔަ މީހާ
މާލޭގެ އެޕާޓްމަންޓެއްގެ ދޮރު މައްޗަށް ބޮޑުކަމުދާ މަންޒަރު!
މާލޭގެ އެޕާޓްމަންޓެއްގެ ދޮރުމައްޗަށް މީހަކު ބޮޑުކަމުދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމު ވެއްޖެ އެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި މީހަކު ލިފްޓު ކައިރީ މަޑުކޮށްގެން ހުންނަ މަންޒަރު ފެނެ އެވެ. އަދި ލިފްޓުން މީހުން ފޭބުމުން ކުނި ކޮތަޅުތައް ލިފްޓަށް އެރުވުމަށްފަހު ލިފްޓު ދޮރުގައި އަތް އަޅުވާލައިގެން ހުންނަ މަންޒަރު ފެނިގެންދެ އެވެ. 

އޭގެ ފަހުން އެޕާޓްމަންޓެއްގެ ބޭރުން ކުނި ކޮތަޅުތައް ނަގައިގެން އެނބުރި ލިފްޓު ކައިރި އަށް އައިސް ލިފްޓު ކައިރީ ބެހެއްޓުމަށްފަހު ސިޑިން މައްޗަށް އަރާ މަންޒަރު ފެނެ އެވެ. އެއަށްފަހު އެމީހާ އެނބުރި ލިފްޓަށް އަރަން އަންނަ އިރު ލައިގެން ހުރި ޖިންސު ރަނގަޅު ކުރަމުން ގެންދާ މަންޒަރު ފެނެ އެވެ. 

މި ވީޑިއޯ އިން އިތުރަށް ފެންނަ ގޮތުގައި އެމީހާ ލިފްޓުން ތިރިއަށް ދާފަހުން އެޕާޓްމަންޓުގައި އުޅޭ މީހަކު ބޭރަށް ނިކުންނަ އިރު، އެޕާޓްމަންޓު ދިމާ ތަޅުމުގައި ބޮޑުކަމު ގޮސްފައި ހުންނަ މަންޒަރު ފެނެ އެވެ. 

މިކަމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ އިރު، ބައެއް ފަރާތްތަކުން ވަނީ، ފާހާނާ އަށް ދާން ޖެހުމަކީ މައްސަލަ އެއް ނޫން ކަމަށާއި، އެހެން ނަމަވެސް ގެއެއްގެ ދޮރުމައްޗަށް ބޮޑުކަމުދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި ގޭގެ ވެރިފަރާތުގެ އިޒްނަ އާއި އެކު ގޭގެ ފާހާނާ ބޭނުން ކުރަން އެދުނު ނަމަ ގޭގެ ވެރިން އެ ހުއްދަ ދޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. 

މި ވީޑިއޯ އިން ފެންނަނީ ބިދޭސީ އެއް ކަމެއް ދިވެއްސެއް ކަމެއް ނޭނގެ އެވެ. 

18%
ކަމުގޮސްފި
64%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް