ads
ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ
އެމްއޭސީއެލްގެ ބޯޑު އޮތްގޮތުން ވަކި ފަރާތަކަށް ކޮންޓްރޯލް ކުރެވޭކަމަށް ތުހުމަތު ކުރެވޭ
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު އޮތްގޮތުން ވަކި ވިޔަފާރި ވެރިއަކަށް ކޮންޓްރޯލް ކުރެވޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑު އޮތްގޮތުން ވަކި ވިޔަފާރި ވެރިއަކަށް ކޮންޓްރޯލް ކުރެވޭކަމަށް ތުހުމަތު ކުރެވޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް ވަނީ ސީއެންއެމް ޓީވީގެ "އިތުރުކާފު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދަމުންދާ އާ ސީޕްލޭން ޓާމިނަލްގެ ހިންގުމުގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން ޔައުގޫބް ވިދާޅުވީ، ސީޕްލޭން ޓާމިނަލްގެ މައްސަލަ ބަލާ ނިންމަންދެން ވަކިގޮތެއް ނުނިންމުމަށް މާލިޔަތު ކޮމިޓީން ނިންމާފައިވާކަމަށެވެ. އެހެން ކަމުން މި މައްސަލައިގައި އެމްއޭސީއެލަށް ވަކި ގޮތެއް ނުނިންމޭނެ ކަމަށާއި، އަދި ނިންމާނެ ކަމަށް ގަބޫލުވެސް ނުކުރާކަމަށް ޔައުގޫބް ވިދާޅުވި އެވެ.

އަދި އެމްއޭސީއެލުން ސީޕްލޭން ޓާމިނަލްގެ ހިންގުން ބަޔަކާއި ހަވާލު ކޮށްފިނަމަ، އޭގެން ދޭހަވަނީ އެމްއޭސީއެލުން ރައްޔިތުންނަށް އިހުތިރާމްނުކުރާ ކަންކަމަށް ޔައުގޫބް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ގޮންޖެހުން އެއީ. ރައްޔިތުންގެ މަންދޫބުން އެގޮތަށް ނިންމީ." ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑު މިހާރު އޮތްގޮތުން ވަކި ވިޔަފާރި ވެރިއެއްގެ ބާރު އެތަނުގައި ހިނގާކަމަށް ތުހުމަތު ކުރެވޭކަމަށެވެ.

"އެހެނަސް މިއީ ވަކި ބައެއްގެ މުދަލެއް ނޫން. މިއީ ދިވެހި ރައްޔިތުންގެ މުދާ. އެހެންމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި އެގޮތަކަށް [ވަކި ވިޔަފާރި ވެރިއަކަށް ފައިދާވާގޮތަށް] ނުގެންދެވޭނެ." ޔައުގޫބް ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ހަދަމުންދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމަށް އެމްއޭސީއެލް އިން މިހާރު ނިންމާފައިވާ ނިންމުމާ އެއްގޮތަށް އަމަލުކުރުން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލައެއް ހުށަހަޅާފައިވާއިރު، އެކަމާއި ގުޅިގެން ޔައުގޫބް ވިދާޅުވީ، އޭސީސީއަށް ފުރިހަމަ އިތުބާރު އެބައޮތްކަމަށާއި، އަދި ޒިންމާ އަދާކުރައްވާނެ ކަމުގެ ޔަގީންކަން އޮބައޮތްކަމަށް ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ހިންގުމަށް ވަކިބަޔަކަށް ދޭންއުޅޭ މައްސަލައިގައި އޮޑިޓާޖެނެރަލް ވަކިގޮތެއް ނިންމާފައިވާކަމަށާއި، އެކަމަށް ޝުކުރު އަދާކުރައްވާކަމަށް ޔައުގޫބް ވިދާޅުވިއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް