ads
ރިތިކް ރޯޝަން--
ރިތިކް ވެސް ހޮލީވުޑަށް
ބޮލީވުޑުގެ މަޝްހޫރު ތަރި، ރިތިކް ރޯޝަން، ހޮލީވުޑުގައި ވެސް މަސައްކަތް ކުރަން ނިންމައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުަގއި ރިތިކް ވަނީ އެމެރިކާގެ އެޖެންސީއަކާއެކު މިހާރު ސޮއި ވެސް ކޮށްފަ އެވެ. ނަމަވެސް މިކުގައި ރިތިކް ރަސްމީ ސިފައެއްގަ އަދި ވާހަކައެއް ނުދައްކަ އެވެ. 

އިންޑިއަން ސިނަމާގައި ވިހި އަހަރު މަސައްކަތްކޮށްފައިވާ ރިތިކްއަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުޅަދާނަ ފަންނާނެ ކެވެ. 

ރިތިކްއާ ގާތް ފަރާތްތަކާއި ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ހޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރަން އޭނާ ހުރީ ކެތްމަދުވެފަ އެވެ.

ރިތިކްއަށް ހޮލީވުޑްގައި މަސައްކަތް ކުރަން ފުރުސަތު ލިބިފައިވާއިރު ބޮލީވުޑުގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަޑުކޯން ވެސް ވަނީ ހޮލީވުޑުގައި މަސައްކަތްކޮށް އެތަނުގެ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. 

ރިތިކް ރޯޝަންއަކީ މުޅި އޭޝިއާގައި ވެސް ހުރި އެންމެ ރީތި ފިރިހެނަކާ ކަމަށް ލަންޑަނުގައި ނެގި އޮންލައިން ޕޯލެއްގެ ނަތީޖާއިން ވެސް ދައްކަ އެވެ. އޭޝިއާގެ އެންމެ ރީތި ފިރިހެނަކަށް އޭނާ ހޮވުމަކީ "ކާމިޔާބީ" އެއް ކަމަށް ނުދެކޭ ކަމަށް ވެސް ބުނެފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ނެރުނު ކާމިޔާބު ފިލްމު، "ވޯ" އިން އެންމެ ފަހުން ރިތިކް ފެނިގެންދިޔައިރު އެ ފިލްމުގައި ފެނިގެންދަނީ ރިތިކް އާއި ޓައިގާ ޝްރޮފްގެ ކުރިމަތިލުމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް