އެސްއެސްނެޓަށް ރަޖިސްޓަވުމަށް ދިރާގުޓީވީގެ ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފުކޮށްފިއެވެ.

Advertisement
ދިރާގުން ބުނެފައިވަނީ އެ ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާ އެކު ދިރާގުޓީވީގެ ކަސްޓަމަރުންނަށް މިހާރު އެސްއެސްނެޓްގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.
ރަޖިސްޓަ ކުރުމަށް ހާއްސަ ޕޯޓަލް: https://register.ssnet.mv
- ދިރާގުޓީވީގެ ކަސްޓަމަރުންނަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާފައިވާ ރަޖިސްޓްރޭޝަން ލިންކަށް ފިއްތާލާ. މި ލިންކުގައި ކަސްޓަމަރުގެ ދިރާގުޓީވީ ނަމްބަރާއި އެކައުންޓާއި ގުޅުންހުރި އައިޑީކާޑު / ޕާސްޕޯޓް / ވޯކް ޕާމިޓް ނަންބަރު ހިމެނޭނެ.
- ކަސްޓަމަރުގެ ނަމާއި މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެސް ފުރިހަމަކޮށްލާ.
- އައިޑީކާޑު / ޕާސްޕޯޓް / ވޯކް ޕާމިޓްގެ ކޮޕީއެއް އަޕްލޯޑްކޮށްލާ.
ދިރާގުން ބުނީ ފޯމް ފުރުމުން އެސްއެސްނެޓުން އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށާއި އިތުރު މައުލޫމާތު އެ ކުންފުނިން ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.
ދިރާގުޓީވީގެ ހިދުމަތް ހަތް އަަހަރު ދުވަހަށް ފަހު މި މަހުގެ 29 ވަނަ ދުވަހު ހުއްޓާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.