ޔޫތް މިނިސްޓްރީން މި ކަމަށް މިއަދު އިއުލާން ކޮށްފައިވާއިރު، މި މަސައްކަތަށް އަންދާސީ ހުށަހެޅުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހުގެ 11:00 އަށެވެ.
ހިރަފުސް ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ގާއިމްކުރުމަށް އިއުލާން ކޮށްފައިވާއިރު، މިއަހަރުގެ ބަޖެޓުގައި މިދަނޑުގައި ޓާފް އެޅުމަށްވެސް ހިމަނާފައިވެއެވެ.
ކުޅުދުއްފުށި ސިޓީގައި ހަތަރު ފުޓްބޯޅަ ދަނޑު އޮންނައިރު، މި ސަރުކާރުން ކުޅުދުއްދުށީ ރަސްމީ ފުޓްބޯޅަ ދަނޑު (ޒިގްޒެގް) ގައި ޓާފް އަޅައި ތަރައްގީ ކޮށްދީފައިވެއެވެ. އަދި ކުޅުދުއްފުށީ ކޮރަލްސް ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަސައްކަތްވެސް މިހާރު ކުރިޔަށްދާ ކަމުގައިވެސް ފާހަގަކުރެވެއެވެ.