ads
ހުޅުމާލެ ފޭސްޓޫ ހިޔާ ފްލެޓްތައް
ފެންކޮތަޅަކުން ޖެހި އެޗްޑީސީގެ މާބަނޑު މުވައްޒަފަކަށް އަނިޔާވެއްޖެ
ހިޔާ ޓަވަރުން އެއްލި ފެން ކޮތަޅުތަކަކުން ޖެހި، އެޗްޑީސީގެ މާބަނޑު މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގީ، މިއަދު ހިޔާ ޓަވަރު ސަރަހައްދުގައި ހުޅުމާލޭ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

މިކަމާއި ގުޅިގެން އެޗްޑީސީއިން ބުނީ، މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިބި ފަރާތްތަކާއި ދިމާލަށް ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓުތަކަކުން އުކު ފެންކޮތަޅުތަކުން ފެންކޮތަޅެއް ޖެހި އެ ކޯޕަރޭޝަންގެ މާބަނޑު މުވައްޒަފަކަށް ގެލުންވެފައިވާ ކަމަށެވެ. 

ސިޔާސީ ބޭނުމަށް މަދު ބަޔަކު އިސްނަގައިގެން ރާވާ، ހިންގާ މުޖުތަމައުގެ މިންގަނޑުތަކާއި ހިލާފު މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ކަަމަށެވެ. އަދި މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށްވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ. 

"ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން މިކަން ބަލަމުން ގެންދާނަން. އަދި މިކަމާއި ގުޅިގެން އެ ކޯޕަރޭޝަނުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްނުޖެހޭނަން." އެޗްޑީސީއިން ނެރެފައިވާ ބަަޔާނެއްގައި ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހިޔާ ސަރަހައްދުގައި އުޅޭ ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށް ދިނުމަށް ކަމަށެވެ. 

އެ ގޮތުން މިއަދު ހުޅުވި ކްލިނިކަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ހޯދުމަށް މަގުފަހިވާނެ ކްލިނިކެއް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް