ads
ރޮނާލްޑޯ އަލްނަސްރުގެ ދެވަނަ މެޗުގައި
ރޮނާލްޑޯއަކަށް ނުވި، ލަނޑެއްވެސް ނުޖެހުނު ޓީމުވެސް ކަޓައިފި
ސައުދީ ސުޕަ ކަޕުގެ ސެމީ ފައިނަލުން ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލްނަސްރު މުބާރާތުން ކަޓައިފިއެވެ.

ސެމީ ފައިނަލުގައި ރޮނާލްޑޯގެ އަލްނަސްރު ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ވާދަވެރި އަލްއިއްތިހާދާއެވެ. މި މެޗުން ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދީ އިއްތިހާދެވެ. 

މި މެޗަކީ ސައުދީގެ އަލްނަސްރަށް، ދުނިޔޭގެ ރެކޯޑް އަގަކަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ދެ ވަނަ މެޗެވެ. ދެ މެޗުގައި ފުލްކޮށް ކުޅުނު އިރު ރޮނާލްޑޯއަކަށް އަދި ލަނޑެއް ޖެހޭ ގޮތެއް ނުވެއެވެ. 

ރެކޯޑް އަގަކަށް ސައުދީއަށް ބަދަލުވި ރޮނާލްޑޯ ދެ މެޗު ކުޅުން އިރު ލަނޑެއް ނުޖެހޭއިރު ދެ މެޗުގައިވެސް ރޮނާލްޑޯގެ ޓީމުން ލަނޑު ޖެހީ ކުރިން ބެންފީކާ އަށް ކުޅުނު އެންޑަސަން ޓަލިސްކާ އެވެ. 

ރޮނާލްޑޯ އަލްނަސްރަށް ކުޅުނު ފުރަތަމަ މެޗު އެއް ލަނޑު ސުން ލަނޑުން އެ ޓީމު މޮޅުވިއިރު އެ ލަނޑު ޖެހީ ޓަލިސްކާއެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އަލްނަސްރު، އަލްއިއްތިހާދު އަތުން ތިން ލަނޑު އެއް ލަނޑުން ބަލިވިއިރުވެސް ނަސްރުގެ ލަނޑު ޖެހީ ޓަލިސްކާއެވެ. 

ރޮނާލްޑޯ އަލްނަސްރަށް ކުޅުނު ދެ މެޗުގައިވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އޭނާއެވެ. 

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
38%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް