ads
ޝާހު އަދި އަންހެނުން ގައުރީ ހާން
ޝާހުގެ އަންހެނުން ގޯރީ ހާން އަށް ރުއިން ހުއްޓައެއް ނުލެވުނު
ޝާހުރުކް ހާންގެ އެންމެ ފަހުގެ ފިލްމު 'ޕަތާން' އަށް ލިބުނު ބޮޑު ކާމިޔާބާއެކު ޝާހުރުކް ހާންގެ އަންހެނުން ގޯރީ ހާން އަށް ފިލްމު ނެރުނު ދުވަހު ރުއިން ހުއްޓާނުލެވުނުކަމަށް އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕަތާން ނެރެފައިވާއިރު އެ ފިލްމު ނެރުނު ދުވަހު ވެސް މުޅި ދުނިޔެއިން ދެ މިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ ފަހުގެ ތާރީހެއްގައި އިންޑިއާގެ ބޮލީވުޑް ފިލްމަކަށް މިހާބޮޑު ތާއީދެއް ލިބުނު ފުރަތަމަ ފަހަރެވެ. 

މިކާމިޔާބު ފާހަގަކުރުމަށް ޝާހުރުކް ހާން ވަނީ އެނާ ގޭގައި ކުޑަ ހަފްލާއެއް ވެސް ބާއްވާފައެެވެ. 

ފިލްމު ނެރުމުގެ ކުރިން ވެސް އަދި ފިލްމު އުފައްދަމުން ދިޔައިރު ވެސް ދިމާވި ބޮޑެތި ގޮންޖެހުންތަކަށް އެންމެ ގާތުން ޝާހުއަށް އެހީތެރިވީ އޭނާގެ އަންހެނުން ގައުރީ ކަމަށް ޝާހު ވަނީ ބުނެފައެވެ. 

ޕަތާން ނެރުން ހުއްޓުވުމަށް އިންޑިއާގެ ހައްދުފަހަނަ އެޅި ހިންދޫންގެ ބަޔަކު ވަނީ ސުޕްރީމް ކޯޓަށް މައްސަލަވެސް ހުށަހަޅާފައެވެ. އަދި އެ ފިލްމު އަޅުވާ ސިނަމާތަކުގައި ހުޅު ޖަހާނެކަމަށް ބުނެފައިވަނިކޮށް މިހާ ބޮޑު ކާމިޔާބީއެއް އިންޑިއާއިން އަދި މުޅި ދުނިޔެއިން ވެސް ލިބުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު އަޖައިބުވީ ކަމަކަމަށެވެ. 

ސަބަބަކީ އާމިރު ހާންގެ ފިލްމު 'ލާލް ސިންގްހް ޗައްދާ' މިގޮތަށް ހިންދޫން ނުކުމެ 2022 ވަނަ އަހަރު ބޮއިކޮޓް ކުރުމުން ވަނީ ފްލޮޕް ވެފައެވެ. ގިނަ ބަޔަކު ހީކުރީ ޝާހުގެ ފިލްމު ވެސް ފްލޮޕްވާނެ ކަމަށެވެ. 

ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަދީއްޔާ ޗޯޕްރާ، އަދި އެލެގްޒެންޑާ ޑޮސްޓަލް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ 250 ކްރޯޑް ރުޕީޒް (471,336,420 ރުފިޔާ) ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.

58%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް