ads
ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިއަކަށް ވީއައިއޭއިން މަރުހަބާ ކިޔަނީ: އަަހަރުގެ ފުރަތަމަ 25 ދުވަހު 138،593 ފަތުރުވެރިން އައި - ފޮޓޯ:އެމްއެމްޕީއާރުސީ
އަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި 138،593 ފަތުރުވެރިން
މި އަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ރާއްޖެއަށް 138،593 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން:

  • މި އަހަރުގެ ފުރަތަމަ 25 ދުވަހުގެ ނިޔަލަށް 138،593 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި
  • ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 106،826 ފަތުރުވެރިން
  • މިދިޔަ އަހަރާ އަޅާބަލާއިރު މިއީ 29.7 އިންސައްތައިގެ ކުރިއެރުމެއް

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ރަޝިއާ - 19،389 (14.0 އިންސައްތަ)
  • އިންޑިއާ - 14،350 (10.4 އިންސައްތަ)
  • އިޓަލީ - 13،848 (10.0 އިންސައްތަ)
  • އިނގިރޭސިވިލާތް - 11،496 (8.3 އިންސައްތަ)
  • ޖަރުމަނުވިލާތް - 8،253 (6.0 އިންސައްތަ)

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 5،544 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެއެވެ. އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،215 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 168 ރިސޯޓާއި 13 ހޮޓަލާއި 877 ގެސްޓްހައުސްގެ 157 ސަފާރީ ހިމެނެއެވެ. މި ތަންތަނުން ޖުމްލަ 59،768 އެނދު އޮޕަރޭޓްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް