ads
ސްކޫލު ދަރިވަރުންތަކެއް ސްކޫލުގެ ހެނދުނުގެ ނާސްތާގައި ބައިވެރިވަނީ-- ފޮޓޯ: ވީނިއުސް
ދަރިވަރުންގެ ވެކްސިންގެ މައުލޫމާތު ދޭން އެދިއްޖެ
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ ވެކްސިންގެ މައުލޫމާތު ހިއްސާކުރަން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންގެ ވެކްސިންގެ މައުލޫމާތު ހިއްސާކުރަން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެ އެވެ.

އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާކުރުމަށް މިނިސްޓްރީން އެދިފައިވާއިރު ރާއްޖޭގެ ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ވަނީ ދަރިވަރުން ރައްކާތެރިކަން ކަށަވަރުކޮށް ތައުލީމު ދިނުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ވެކްސިން ތާވަލަށް އެޗްޕީއޭއިން މިދިޔަ އަހަރު ބަދަލުތަކެއް ވަނީ ގެނެސްފަ އެވެ. އަދި ރާއްޖޭގެ ސްކޫލުތަކަށް އަލަށް ވައްދާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ވެކްސިން ތާވަލު ފިރިހަމަ ކޮށްފައިވާ ކުދިންތަކެއްތޯ ދަނީ ކަށަވަރުކުރަމުންނެވެ.

ސްކޫލުތަކަށް ދަރިވަރުން ވައްދާއިރު ވެކްސިން ޖަހާފައިވޭތޯ ސަރުކާރުގެ ސްކޫލުތަކުން ބެލި ނަމަވެސް އަމިއްލަ ބައެއް ސްކޫލުތަކަށް ވައްދާއިރު ވެކްސިން ނުޖެހި ނަމަވެސް ސްކޫލަށް ވައްދާ މައްސަލަތައް މިފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.

ރާއްޖެއިން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ނައްތާލާފައިވާ ހިމަބިހި، މިމަހުގެ އަށް ވަނަ ދުވަހު އުމުރުން ތިން އަހަރުގެ ކުއްޖަކަށް ވަނީ ޖެހިފަ އެވެ. މި ކުއްޖާއަކީ ވެކްސިންގެ ޑޯޒް ފުރިހަމަ ނުކުރާ ކުއްޖެކެވެ.

އެހެންވެ ހެލްތު މިނިސްޓްރީން ދަނީ ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަށް އަވަހަށް ޑޯޒް ފުރިހަމަ ކުރުމަށް އިލްތިމާސްކުރަމުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް