ads
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުވައްމުލައް ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ސީއެންއެމް އަށް އިނގިފައިވާ ގޮތުގައި އެ އެކްސިޑެންޓްގައި އަނިޔާވި ފަރާތްތަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވެފައިވަނީ، އަނިޔާލިބުނު މީހުނަށް ފަރުވާދެމުންދާކަމަށެވެ. އެހެން ނަމަވެސް އެކަމާއިގުޅުންހުރި އިތުރު މައުލޫމާތު އަދި ނުލިބޭކަމަށް ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފަައިވަނީ، ފުވައްމުލަކުގައި ބާރަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގެންގޮސް ވެއްޓި އޭގައި ތިބި ދެ މީހުނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށެވެ. އެގޮތުން ސައިކަލު ދުއްވަން އިން 37 އަހަރުގެ ފިރިހެން މީހާގެ އަތުގައި ލައިސެންސް ނެތްކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެ ފިރިހެންމީހާގެ އިތުރުން ސައިކަލުގެ ފަހަތުގައި އިނީ 19 އަހަރުގެ އަންހެނެއް ކަމަށާއި، އެ ދެމީހުނަށް އެކި ވަރުގެ ހާނިއްކަ ވެފައިވާކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް