ads
ތޫނީޝާ ޝަރުމާ
ތޫނީޝާގެ މަރު: ހަގީގަތަކީ ކޮބާ؟
މި ނިމުނު ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު އިންޑިއާގެ ޓީވީތަކާއި ބޮލީވުޑް ސިއްސުވާލީ އުމުރުން، 20 އަހަރުގެ ތޫނީޝާ ޝަރުމާ ދަންޖެހި މަރުވެފައި ހުރި ހަބަރާއެކުއެވެ.

ތޫނީޝާ މަރުވެފައިވަނީ 'އަލީ ބާބާ: ދާސްތާނާ ކާބުލް" ކިޔާ ސީރީޒްއެއް ކުޅެމުން ދަނިކޮށް އެ ސެޓުގައެވެ.  

މި މައްސަލައިގައި ގިނަ ބަޔަކު ވަނީ ދެބައިވެފައެވެ. އެގޮތުން އެއްބަޔަކު ބުނަނީ ތޫނީޝާ އަމިއްލައަށް މަރުވީކަމަށެވެ. އަނެއްބަޔަކު ބުނަނީ އޭނާގެ ކުރީގެ ލޯބިވެރާ ޝީޒަން އޭނާ މަރައިލީކަމަށެވެ. އޭނާ މަރުވިއިރު ޝޫޓިންގައި އުޅުނީ ވެސް ޝީޒަންއާއެކުއެވެ. ސަބަބަކީ ޝީޒަން އަކީ ވެސް އެ ސީރީޒްގެ އެކްޓަރެކެވެ. 

your imageތޫނީޝާ އޭނާގެ މަންމައާއެކު 

ތޫނީޝާ މަރާލި ކަމަށް ބުނާ މީހުންގެ ރައުޔު:

ތޫނީޝާ މަރައިލިކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރަނީ އެނާގެ މަންމައެވެ. އޭނާގެ މަންމަ ދެކޭގޮތުން ތޫނީޝާ މަރުވީ އޭނާގެ ލޯބިވެރިއާ ޝީޒަން އޭނާއަށް ބޭވަފާތެރިވުމުންނެވެ. އަދި ތޫނީޝާ މަރުވުމުގެ ކުރިން ވެސް ސީޒަންގެ ފަރާތުން ވަނީ އެތައް ގޯނާއެއް ކޮށްފައިކަމަށް ތޫނީޝާގެ މަންމަ ތުހުމަތުކުރެއެވެ.  

ތޫނީޝާގެ މަންމަ ތުހުމަތު ކުރާގޮތުން ސީޒަން ވަނީ އޭނާ އިސްލާމް ދީނަށް ވެސް ވައްދާފައެެވެ. އަދި އޭނާއަށް ބުރުގާ އަޅަން ވެސް މަޖުބޫރުކޮށްފައެވެ. 

ބައެއް މީހުން ބުނާގޮތުން ސީޒަންއާއި ތޫނީޝާ ރުޅިވީ ސީޒަން އެހެން ލޯބިވެރިއެއް ގެންގުޅޭކަން ތޫނީޝާއަށް ހާމަވުމުންވެ. އެގޮތުން ޝީޒަންގެ ވަޓްސް އެޕް މެސެޖުތަކެއް ތޫނީޝާއަށް ފެނުނުކަމަށްވެސް އެމީހުން ބުނެއެވެ. ބައެެއް މީހުން ބުނާގޮތުން ސީޒަން ވަނީ ދެ އަންބަށް މީހަކާ އިންނަށް ބޭނުންވާކަމަށް ތޫނީޝާގެ ގާތުގައި ބުނެފައެވެ. 

މި މައްސަލައިގައި ބޮލީވުޑްގެ މަޝްހޫރު ތަރި ކަންގަނާ ވެސް ވަނީ ވާހަކަ ދައްކާފައެވެ. އެގޮތުން ކަންގަނާ ވަނީ އިންޑިއާގައި ދެ އަންބަށް މީހުންނާ އިނުން މަނާކުރަން އިންޑިއާގެ ބޮޑުވަޒީރަށް ވެސް ގޮވާލާފައެވެ. 

your imageތޫނީޝާ ފިލްމެއްގެ މަންޒަރަކަށް ބުރުގާ އަޅައިގެން:

ތޫނީޝާ އަމިއްލައަށް މަރުވިކަމަށް ބުނާ މީހުންގެ ރައުޔު:

ތޫނީޝާ އަމިއްލައަށް މަރުވިކަމަށް ތުހުމަތު ކުރަނީ ޝީޒަންގެ އާއިލާއިންނެވެ. އޭނާގެ އާއިލާއިން ބުނަނީ ތޫނީޝާ މަރުވީ އޭނާގެ މަންމައާއި ބޮޑުބޭބެއިންގެ ޕްރެޝަރު ބޮޑުވެގެންނެވެ. އަދި ތޫނީޝާގެ އާއިލާ މީހުން އެނާއަށް އެކޮ ގޮތްގޮތުން ޖެއްސުންކުރާކަމަށް ވެސް ޝީޒަންގެ އާއިލާއިން ތުހުމަތު ކުރެއެވެ. މިގޮތުން ތޫނީޝާގެ އަމިއްލަ ފައިސާވެސް ހޯދުމަށް އޭނާގެ މަންމަ ކައިރީގައި އާދޭސްކުރަންޖެހޭ ކަމަށް ޝީޒަންގެ އާއިލާއިން ބުނެއެވެ. 

"އަހަރުމެން ދެނެނީ ތޫނީޝާއަކީ އަހަރުމެންގެ އާއިލީ މެންބަރެއް ކަމަށް. ތޫނީޝާއަށް ކުޑައިރު ދިމާވި އެތައް ބައިވަރު ޓްރޯމާއަކަށް އޭނާއަށް ކެތެއް ނުވި. އަދި މަރުވުމުގެ ކުރިން ވެސް އޭނާގެ އާއިލާމީހުން ވަނީ އޭނާއަށް އެތައް ގޯނާއެއް ކޮށްފަ،" ޝީޒަންގެ ދައްތަ ފަލަގް ނާޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ. 

ޝީޒަންގެ ދައްތަ ފަލަގްނާޒް ބުނީ ސީޒަންއާ ތޫނީޝާ ހިތާވެގެން އުޅުނުއިރު ބުރުގާ އަޅަން މަޖުބޫރުކުރިކަމަށް ބުނެ ތޫނީޝާގެ މަންމަ ދެއްކި ވާހަކައަކީ ވެސް ދޮގެއް ކަމަށެވެ. އަދި ސީޒަން އިތުރު ސިއްރު ލޯބިވެރިއެއް ގެންގުޅޭ ކަމަށާއި، ޝީޒަން ތޫނީޝާއަށް އަނިޔާ ކުރިމަށް ބުނެ އޭނާގެ މަންމަ ފުލުހަށް ހުށަހަޅާފައިވާ މައްސަލައަކީ އެއްވެސް ހަގީގަތެއް ވެސް ނެތް ވާހަކައެއް ކަމަށްވެސް އޭނާގެ އާއިލާއިން ބުނެއެވެ.

your imageތޫނީޝާ މަރުވެގެން ހޮސްޕިޓަލަށް ގެންދަނީ (ކ) އަދި ތޫނީޝާ ލޯބިވެރިއާ އެކު (ވ) 

ފުލުހުންގެ ހޯދުންތަކުން ހާމަވީ ކޮންކަމެއް؟

ތޫނީޝާ މަރުވިތާ ހަފްތާއެއް ފަހުން އޭނާ މަރުވި ފިލްމު ސެޓުގެ ތެރެއިން ވަނީ ހޯދާފައެވެ. 

އެ ނޯޓުގައި ލިޔެފައިވަނީ "އޭނާއަށް އަހަރެން ކޯ އެކްޓަރެއްގެ ގޮތުގަ ފިލްމުކުޅެން ލިބުމަކީ ބޮޑު ނިއުމަތެއް،" ކަަމަށް ފުލުހުން ބުނެއެވެ. އަދި ފުލުހުން ބުނަނީ އޭނާ މަރުވުމުގެ ކުރިން ޝީޒަންއާ 15 މިނެޓު ޒުވާބު ކުރިކަމަށެވެ. 

ތޫނީޝާގެ ކުރީގެ ލޯބިވެރިއާ ޝީޒަން ހައްޔަރުކޮށްފައިވަނީ ތޫނީޝާ މަރާލުމުގެ ތުހުމަތުގައެއް ނޫނެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަރުވާން އުޅުނުކަން އެނގިހުރެ ކަމާ ބެހޭ ފަރާތްތަކަށް ނޭންގިކަމަށް ބުނެއެވެ. 

your imageޝީޒަން އަދި ތޫނީޝާ

ފުލުހުން ހަދާފައިވާ ޕޯސްޓުމޯޓަމް ރިޕޯޓުން ހާމަވާގޮތުން ތޫނީޝާ މަރުވެފައިވަނީ ހާސްވުމުގެ ސަބަބުންނެވެ. އަދި އެނާ ބަނޑުބޮޑު ނޫންކަމަށް ވެސް އެ ރިޕޯޓުން ދައްކައެވެ. 

ފުލުހުން ބުނާގޮތުން ތޫނީޝާ އަމިއްލައަށް މަރުވެފައިވަނީ ޝީޒަންއާއި ރުޅިވުމުން އުފެދުނު 'ސްޓްރެސް' ގެ ސަބަބުންނެވެ. 

your imageސޯނިއާ ސިންގް އަދި ތޫނީޝާ ޝަރުމާ

ތޫނީޝާގެ ގާތް ރަހުމަތްތެރިއެއްގެ ވާހަކަތައް: 

ބޮލީވުޑްގެ ތަރި އަދި އިންޑިއާގެ ޓީވީ ތަރި ތޫނީޝާ ޝަރުމާ މަރުވުމުގެ ކުރިން ދެއްކި ބައެއް ވާހަކަތައް ޓީވީ އެކްޓަރު ސޯނިއާ ސިންގްހް ވަނީ ބައެއް ވާހަކަތައް ހާމަކޮށްފައެވެ. އެގޮތުން އޭނާ މަރުވުމުގެ ކުރިން ޝީޒަންއާއި މައްސަލަޖެހިގެން އުޅޭވާހަކަ ވެސް ދެއްކިކަމަށް ބުނެއެވެ. 

ސޯނިިއާ ހާމަކުރި ބައެއް ވާހަކަ ތަކުގެ ތެރޭގައި ތޫނީޝާ ޝަރުމާ، 20 މަރުވުމުގެ ކުރިން 3،000 އިންޑިއަން ރުޕީޒް (559 ރުފިޔާ) ގެ ލޯނެއް ހޯދަންއެދުނުކަމަށެވެ. 

your imageތޫނީޝާ ޝަރުމާ

ތޫނީޝާ ވަނީ އޭނާ ކުޑައިރު ވެސް އިންޑިއާގެ ބައެއް ފިލްމުތަކުން ފެނިފައެވެ. ކެޓްރީނާ ކައިފް ކުޑައިރުގެ ރޯލުވެސް ކުޅެފައިވަނީ ޓުނީޝާއެވެ. 

ތޫނީޝާ އެންމެ ފުރަތަމަ އެކްޓު ކޮށްފައިވަނީ ސޮނީ އިން ގެނެސްދިން ޓީވީ ޝޯ 'ބަހާރަތް ކާ ވީރު ޕުޓްރާ - މަހާރަނާ ޕްރަޓަޕް' ގައެވެ. އޭގައި ކުޅެފައިވާ ރޯލަކީ ޗަންޑު ކަންވާ ކިޔާ ކެރެކްޓަރެއްގެ ރޯލެވެ.

އޭނާ އެކްޓުކޮށްފައިވާ ބައެއް ފިލްމު ތަކުގެ ތެރޭގައި، 'ފިތޫރު' ، 'ބާރު ބާރު ދޭކޯ' ، 'ކަހާނީ 2' އަދި 'ދަބަންގް 3' ފާހަގަކޮށްލެވެއެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް