މިނިސްޓަރު މިގޮތަށް އެދިލެއްވީ ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކާ މިއަދު އިސްލާމިކް މިނިސްޓްރީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން އުމްރާއަށްދާ ފަރާތްތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި، ދަތިތައް އަދި ދިމާވެފައިވާ ކަންކަމުގެ ތެރެއިން މިނިސްޓްރީއާއި ހިއްސާކޮށްފައިވާ ކަންކަމަށް ބައްލަވައި، އެއީ ދިމާވާ ކަންތައްކަމުގައިވާނަމަ، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް މަސައްކަތްކޮށްދެއްވުމަށް މިނިސްޓާ އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އުމްރާ ގްރޫޕްތަކުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި، ހުރި ދަތިތައް މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.
މި ވާހަކަތަކަށް ބައްލަވަމުން މިނިސްޓަރވަނީ، އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް ދިމާވާ ކަންކަމާއި، އުމްރާއަށް ދާ ފަރާތްތަކަށް ދިމާވާ ކަންކަން ހައްލުކޮށްދެއްވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމާއި އެކަންކަމަށް ހައްލު ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.