ads
ނަރުދޫ ތޮއްޓަށް އެރި ދޯނި---ފޮޓޯ:ސޯޝަލް މީޑިއާ
ނަރުދޫ ތޮއްޓަށް ދޯންޏެއް އަރައި، ބޮަޑަށް ފުޑުފުޑުވެއްޖެ
ށ. ނަރަދޫ ތޮށި މައްޗަށް ދޯންޏެއް އަރައި ދޯނީގެ ބޮޑުބައެއް ފުނޑުފުނޑުު ވެއްޖެއެވެ.

ނަރުދޫގެ ކައުންސިލާ މުހައްމަދު ނިޒާރު ސީއެންއެމަށް ވިދާޅުވީ ދޯނި ނެރަށް އަރާފައިވަނީ އިއްޔެ އިރުއޮއްސި 18:30 ހާއިރު ކަމަށެވެ. އެގޮތުން ދޯނީ ތޮށްޓަށް އަރާފައިވަނީ ރަށު ނެރުން ވަންނަން އުޅެނިކޮށް ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.

ނަމަވެސް ދޯނި ތޮށްޓަށް އަރަށް މެދުވެރި ސަބަބު ނެނގޭ ކަމަށް ނިޒާރު ވިދާޅުވިއެވެ. ނިޒާރު ވިދާޅުވިގޮތުގައި ދޯނި އެއްބައި މިހާރު ވަނީ އެއްކޮށް ހަލާކުވެ ފުނޑުފުނޑުވެފައެވެ.

"ދޯނިގެ އެއްބައި ހަމަ އެއްކޮށް ފުނޑިގެން ދިޔައީ، މިއަދު 10:30 ހާއިރު ދޯނީގެ އަނެއް ބައި ވަނީ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާއެކީ ރަށުގެ ދަށްފަރާތަށް އަރުވާފައި" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ދޯނި ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން އިންޖީނު ވެސް ނަގަން ޖެހުނީ މޫދުން ކަމަށާއި  އިންޖީނު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ހަތަރު މީހުންނާއެކު ދަތުރުކުރި އެދޯންޏަކީ ށ. ކޮމަންޑޫ އަށް ނިސްބަތްވާ ދޯންޏެކެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް