ads
ބީއެމްއެލުން މީގެ ކުރިން ބޭއްވި އަހަރީ އާންމު ޖަލްސާ އެއް. ފޮޓޯ:ބީއެމްއެލް
ބީއެމްއެލްގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ބީއެމްއެލްގެ ބޯޑަށް ހޮވާ ތިން ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލާފައިވާއިރު، ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ގިނަ ޝަރުތުތަކެއް ހުންނަންޖެހެއެވެ. އެގޮތުން، ރާއްޖޭގެ މާލީ އިދާރާތަކުގެ ގަވާއިދުތަކުގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތުތަކުގެ އިތުރުން ބީއެމްއެލުން ކަނޑައަޅާފައިވާ ޝަރުތުތައްވެސް ފުރިހަމަވާން ޖެހޭނެ ކަމަށް އެބޭންކުން ބުނެފައިވެއެވެ.

  • ބޯޑަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ ފަރާތްތަކަށް
  • މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އެމްއެމްއޭގެ ޕްރުޑެންޝިއަލް ރެގިއުލޭޝަންގެ 'ފިޓް އެންޑް ޕްރޮޕަ ރިކުއަމެންޓްސް' ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި ސިފަތައް ހުރުން ލާޒިމުކުރޭ
  • ސީއެމްޑީއޭ އިން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރެއިން، ފުރިހަމަވާންޖެހޭ ޝަރުތުތައް ހަމަވާންޖެހޭ

މި މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުގެ 14:00 ގެ ކުރިން ލިޔެކިޔުންތައް އީމެއިލް މެދުވެރިކޮށް ނުވަތަ ބޭންކުގެ ހެޑް އޮފީހުގެ ހަވަނަ ފަންގިފިލާގައި ހުންނަ ކޯޕަރޭޓް އެފެއާޒް ޔުނިޓަށް ހުށަހެޅުމަށް ބީއެމްއެލުން އެދެއެވެ. 

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރުން އައްޔަން ކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން އައްޔަން ކުރާ ތިން މެންބަރުން ތިބެއެވެ. ބޭންކުގެ ޑިރެކްޓަރުން ބޯޑު ހޮވާނީ ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް