ads
ބީއެމްއެލް: މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިފައިވޭ - ފޮޓޯ:ބީއެމްއެލް
ނިމިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ
ނިމިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

އެ ބޭންކުން އާންމުކުރި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން،

  • ހަތަރު ވަނަ ކުއާޓަރުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 212 މިލިއަން ރުފިޔާ ލިބިފައިވޭ
  • ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 489 މިލިއަން ރުފިޔާ

ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 1.48 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނުއިރު، ބޭންކުން ބުނެފައިވަނީ

  • ހުރިހާ ދާއިރާއަކުން ވެސް ކުރިއެރުން ލިބުނު ކަމަށާއި އެ ކުރިއެރުންތައް ދެމެހެއްޓުނު ކަމަށް
  • މިދިޔަ އަހަރު ބޭންކުގެ އެސެޓަށް ތިން ބިލިއަން ރުފިޔާ އިތުރުވި
  • ކަސްޓަމަރުން ޖަމާކުރި ފައިސާގެ އަދަދަށް 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެއް

ބީއެމްއެލުން ބުނިގޮތުގައި ފާއިތުވެދިޔަ އަހަރު އާންމުންނަށާއި ވިޔަފާރިތަކަށް އެ ބޭންކުން 4.3 ބިލިއަން ރުފިޔާގެ ލޯނު ދޫކުރި ކަމަށާއި ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނުން ލާޒިމްކުރާ މިންވަރަށް މަތީގައި ހިފެހެއްޓިފައިވާ ކަމުގައެވެ.

ބޭންކުގެ ސީއީއޯ އަދި އެމްޑީ ކާލް ސްޓުމްކަ ވިދާޅުވެފައިވަނީ ނިމިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހާސިލުކުރެވިފައިވާ ހަރުދަނާ ނަތީޖާއަށް ފަހު، މި އަހަރު ބޭންކުގެ ސްޓްރެޓަޖީގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިސްކަންދީގެން މަސައްކަތްކުރާނެ ކަމަށެވެ.

މިދިޔަ އަހަރު ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައި ވާއިރު، އެއީ އެ ބޭންކަށް ހާއްސަ އަހަރެއް ކަން ފާހަގަކުރައްވާ ކާލް ވިދާޅުވީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހަރަކާތެއް ހިންގާފައިވާ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމަށް އެކި ދާއިރާތަކަށް އަމާޒުކޮށްގެން، ހިންގުނު ބޭނުންތެރި އަދި މުހިންމު ހަރަކާތްތަކެއް. މީގެ ތެރޭގައި ތައުލީމާއި ތިމާވެށީގެ އިތުރުން ސިއްހީ ދާއިރާ ހިމެނޭ،" - ކާލް ސްޓުމްކަ

އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 35 ބްރާންޗާއި 84 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 142 އޭޓީއެމް އާއި 7،900 ޕޮއިންޓް އޮފް ސޭލް މާޗަންޓުން އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ. ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް