ads
އިއްޔެގެ ޕްރެސްގައި ޖަމީލް ވާހަކަ ދައްކަވަނީ: ފޮޓޯ ޕީޕީއެމް
ރައީސް ޔާމީނަށް ހުކުމްކުރާ ފަނޑިޔާރުންނަށް ޕްރަމޯޝަން ލިބޭގޮތުން ކަންބޮޑުވޭ: ޖަމީލް
ރައީސް އަބްދުﷲ ޔާމީންގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަށް ޕްރަމޯޝަލް ލިބޭގޮތާއި އެމައްސަލަތައް ހިނގާމަގަށް ބަލާއިރު ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގެ އެންމެ އިސް ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވ އާރަށުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފްކުރުމުގެ ކަންކަން ކުރިއަށްދާގޮތާއި ގުޅޭގޮތުން އިއްޔެ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަށް، ޕްރަމޯޝަން ލިބޭ ގޮތަކީ "ސަބަބުވެރި ވިސްނުމަކުން" ބަލާނަމަ ކަންބޮޑުވާކަމެއް ކަމަށެވެ.

"ސަބަބުވެރި ވިސްނުމަކީ" ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ޝަކީލް ނޮވެމްބަރު 25 ވަނަ ދުވަހު އިއްޔެވި 11 އަހަރުގެ ޖަލު ހުކުމުގައި ރިއާއަތް ކުރެއްވި ނުކުތާއެކެވެ.

ހައިކޯޓްގައި ހުސްވެފައިވާ މަގާމަށް ފަނޑިޔާރަކު އައްޔަން ކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރޭގައި ޝަކީލްވެސް ހިމެނިވަޑައިގަންނަވައެވެ. 

ރައީސް ޔާމީންގެ މައްޗަށް މީގެކުރިން ހުކުމްކުރެއްވި ކްރިމިނަލް ކޯޓްގެ އޭރުގެ ގާޒީ އަލީ ރަޝީދު ފަހުން ސްޕްރީމް ކޯޓަށް، އައްޔަން ކުރުމުން ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ހައިކޯޓްގެ ފަނޑިޔާރުކަމަށް ޝަކީލް ކުރިމަތިލެއްވުމުން، އެއީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކުރެއްވުމުން ޝަކީލަށް ލިބިގެންދާ ޕްރަމޯޝަނެއްކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް ހައިކޯޓް ހުސްވެފައިވާ ފަނޑިޔާރުކަމަށް އަދި އެއްވެސް ބޭފުޅަކު ކަނޑައަޅުއްވަފައެއް ނުވެއެވެ.

"ސަބަބުވެރި ވިސްނުމަކުން ވިސްނާނަމަ އޭގަ މާގިނަ އިއްތިފާގުތަކެއް މިހިމެނެނީ ރައީސް ޔާމީންގެ ޝަރީއަތްތަކާއި ފަނޑިޔާރުންގެ ޕްރަމޯޝަނާއި ގުޅިގެން" ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމްކުރައްވާ ފަނޑިޔާރުންނަށް ޕްރަމޯޝަލް ލިބުމުގެ އިއްތިފާގުތަކަކީ ހާއްސަކޮށް ރައީސް ޔާމީންގެ މައްސަލަތައް ދަތުރުކޮށްފައިވާ ގޮތަށް ބަލާއިރު ފަނޑިޔާރުންނަށް ޕްރަމޯޝަލް ލިބެމުންދާ ގޮތަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް