ads
މިނިސްޓަރ އަޙްމަދު މަޙްލޫފް (ވ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ކަރަންޓް ބިލު އެންމެ ފަހުން ސަރުކާރަށް
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލާފައިވަނިކޮށް، އެ ބިލްތަކާ ސަރުކާރުން ހަވާލުވެއްޖެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެފްއޭއެމުން ކަރަންޓް ބިލަށް ދައްކަން ޖެހޭ ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދައްކައިގެން މިދިޔަ އަހަރު ތެރޭ އެފްއޭއެމްގެ ކަރަންޓް ސްޓެލްކޯއިންވަނީ ކަނޑާލާފައެވެ. އެކަންތަކާ ގުޅޭ ގޮތުން ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަރީފް މިއަދު ވިދާޅުވީ، އެ ބިލްތަކުގެ ޒިންމާ ކުޅިވަރު މިނިސްޓްރީން ނަގާފައިވާ ކަމަށެވެ.

އެފްއޭއެމްގެ މައްސަލަ ހައްލުވެއްޖެ، އިނގޭތޯ، ސަބަބަކީ އެފްއޭއެމްއާ އެކީގައި ޔޫތު މިނިސްޓްރީއާ އެކީގައި އަޅުގަނޑުމެންނަށް ބައްދަލުވުމެއް ބޭއްވިއްޖެ، އަދި އެފްއޭއެމުން ދައްކަން ޖެހޭ ފައިސާގެ ޒިންމާ ޔޫތު މިނިސްޓްރީން ނަގާނެކަމަށް އަޅުގަނޑުމެން ކައިރީގައި ޔޫތު މިިނިސްޓްރީން ވަނީ ވިދާޅުވެފައި،

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ސްޓެލްކޯއަށް ކަރަންޓް ބިލް ނުދައްކައިގެން އެފްއޭއެމް ހައުސްގެ ކަރަންޓް ކަނޑާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ސްޓެލްކޯއިން އޭރު ބުނެފައިވަނީ އެ ކުންފުންޏަށް އެފްއޭއެމުން  ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓު ކަނޑާލާފައި ކަމަށެވެ. އަދި މި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ސްޓެލްކޯއިން ވިސްނަމުން އަންނަ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.

ސްޓެލްކޯގެ ބިލުގެ ޒިންމާ ސަރުކާރުން ނަގާފައިވާއިރު، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސް ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް