ads
ފުލުހުން މީހެއްގެ އަތުގައި ބިޑި އަޅުވާފައި
އަނެއްކާވެސް ނުރައްކާތެރި ކުށްވެރިއަކު ދޫކޮށްލައިފި
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި އަދި މުދަލަށް ގެއްލުންދީ، އާއްމު މަސްލަހަތު ނަގާލި ކަމަށް ފުލުހުން ތުހުމަތު ކުރާ މީހަކު، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން، ބަންދުގައި ބަހައްޓަން ޖެހޭ ވަރަށްވުރެ ސިއްހީ ހާލަތު ދެރަކަމަށް ފެނިގެން، ޝަރުތުތަކާއެކު މިއަދު ދޫކޮށްލި މީހަކީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އޭނާ ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިޔުމަށް ލިޔުންތައް ހުށަހަޅާފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުގައި ވެއެވެ. އަދި އޭނާ ދޫކޮށްލުމަށް ފުލުހުން އިއުތިރާޒު ނުކުރާ ކަމަށްވެސް ގާޒީ ހަސަން ސައީދު މިއަދު ނެރުނު ބަންދުން ދޫކޮށްލުމުގެ އަމުރުގައި ވެއެވެ.

ގާޒީ ހަސަން ސައީދަކީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުވެސް ދޫކޮށްލި ގާޒީއެވެ. އަލީ ވަހީދު ދޫކޮށްލުމުން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުން އަދި އަދަށްވެސް އޭނާ ރާއްޖެ ގެނެވޭ ގޮތެއް ނުވެއެވެ.

38%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
46%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް