ads
ޝާބިރު އަހުލުވާލިއާ
ޝާބިރު އަހުލުވާލިއާ އާއިލާއެކު ރާއްޖެއަށް
އިންޑިއާގެ ޓީވީ ގިނަ ޑްރާމާތަކުން އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ ޝާބިރު އަހުލުވާލިއާ އާއިލާއެކު ދިވެހިރާޢްޖެއަށް އަތުވެއްޖެއެވެ.

އޭނާ ރާއްޖެއަށް އައިސްފައިވަނީ ޗުއްޓީހޭދަކުރުމަށެވެ.

ޝާބިރު އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެއްވެސް ފޮޓޯއެއް ސޯޝަލް މީޑިއާއަށް ނުލި ނަމަވެސް، އޭނާގެ އަންހެން ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ފޮޓޯތައް އިންސްޓަގްރާމަށް ލަމުންނެވެ. ދެމަފިރިންނާއެކު އެމީހުގެ ދެ ދަރިން ވެސް ގެންދަނީ ރާއްޖޭގއި ޗުއްޓީ ހޭދަކުރަމުންނެވެ. އެމީހުން ތިބީ ބ އަތޮޅުގެ ރިސޯޓެއްގައެވެ. ނަމަވެސް ރިސޯޓުގެ ނަމެއް ހާމައެއް ނުކުރެއެވެ. 

ޝާބިރު އަހުލުވާލިއާ އަކީ ޓީވީ އާއި ބޮލީވުޑް ދުނިޔޭގައި އެންމެ ހުނަރުވެރި އަދި އެންމެ މަޝްހޫރު އެއް އެކްޓަރެވެ. "ހިޕް ހިޕް ހުރޭ"، "ކާހިން" އާއި "ކުމްކުމް ބަގްޔާ" ފަދަ އެތައް ޓީވީ ސީރީޒްއަކުން އޭނާ ވަނީ ފެނިފައެވެ.  އަދި "ޝޫޓްއައުޓް އެޓް ލޮކަންޑްވާލާ" އަދި "މިޝަން އިސްތަންބޫލް" ފަދަ ބޮލީވުޑް ފިލްމުތަކުން ވެސް އޭނާ ފެނިގެން ދިޔަ ނަމަވެސް އޭނާ ވަނީ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާވެސް ޓީވީ ސީރީޒްކުޅެން ފަށާފައެވެ. 

ޝާބިރު ވަނީ "ނާޗް ބަލިޔޭ"، "ގިނިސް ވޯލްޑް ރެކޯޑްސް"، "ޑާންސިން ކުއީން"، އަދި "މީތީ ޗުރީ ނަންބަރު 1" ފަދަ ބައެއް ޝޯތައް ވެސް ހޯސްޓްކޮށްފަ އެވެ. އޭނާ ވަނީ "ފިކްސާ" ގެ ނަމުގައި ވެބް ސީރީޒް އެއް ވެސް ކުޅެފައެވެ. 

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
29%
ވަރަށް ސަލާމް
ކޮމެންޓްސް