ads
ޖަނަވަރީ ޓްރާންސްފަރގައި 1 ބިލިއަން ޑޮލަރު
ޖަނަވަރީ ޓްރާންސްފަރގައި އެއް ބިލިއަން ޑޮލަރު
ޖަނަވަރީ ޓްރާންސްފާރގައި އެއް ބިލިއަން ޑޮލަރު ޕްރިމިއަރ ލީގުގެ ކްލަބުތަކުން ހޭދަކޮށްފިއެވެ.

ޑެލޮއިޓްސް ސްޕޯޓްސް ބިޒްނަސް ގްރޫޕުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ޖަނަވަރީ ޓްރާންސްފަރގައި އިގިރޭސި ކްލަބުތަކުން މި ކުރި ހޭދައަކީ ރިކޯޑް މިންވަރެއްގެ ހޭދައެކެވެ. އެއް ބިލިއަން ޑޮލަރު ޖަނަވަރީ ޓްރާންސްފަރގައި އިގިރޭސި ކްލަބުތަކުން ހޭދަކޮށްފައިވާއިރު، އޭގެ 37 އިންސައްތައަކީ ޗެލްސީން ކުރި ހޭދައެވެ.

ޖަނަވަރީ ޓްރާންސްފަރގައި ޗެލްސީން ހޭދަކުރި އަދަދަށް ބަލާއިރު، ޗެލްސީގެ ހޭދައަކީ ޖަރުމަންގެ ބުންޑަސްލީގާ، ލަލީގާ އަދި ސެރީއޭގެ އިތުރުން ލީގު 1 ނުވަތަ ފްރެންޗް ލީގުން ކުރި ހޭދަ އެކުގައި އެއްކޮށްލުމުންވެސް އަރާނެ ކަމަށް ބެލެވޭ ވަރާ އެއްވަރު އަދަދެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ޗެލްސީން ޓްރާންސްފަރގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އާޖެންޓީނާގެ ޒުވާން ތަރި އެންޒޯ ފެނާންޑޭސްއަށެވެ. ބެންފީކާއިން ޗެލްސީއަށް ބަދަލުވި އެންޒޯގެ ސޮއި ހޯދުމަށް ޗެލްސީން ރިކޯޑް އަގެއްކަމުގައިވާ 106 މިލިއަން ޕައުންޑް ހޭދަކުރިއެވެ. ޖަނަވަރީ ޓްރާންސްފަރގެ ބޮޑު ހޭދައެއް ޗެލްސީން ހިއްސާކުރިއިރު އެ ޓީމު އޮތީ ލީގުގެ ދިހަވަނައިގައެވެ.

ޑެލޮއިޓްސް ސްޕޯޓްސް ބިޒްނަސް ގްރޫޕުގެ ރިޕޯޓް ބުނާ ގޮތުން މި ޖަނަވަރީގައި އިގިރޭސި ކްލަބުތަކުން ކުރި ހަރަދަކީ 2022 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ މުޅި ސީޒަންގައި އިގިރޭސި ކްލަބުތަކުން ކޮށްފައިވާ ޖުމްލަ ހޭދައަކީ، 2.8 ބިލިއަން ޕައުންޑެވެ. އޭގެ ކުރީ ސީޒަންގައި ކުރީ 1.9 ބިލިއަން ޕައުންޑް ކަމަށްވުމުން ސީޒަނަކަށް ފަހު ސީޒަނެއްގެ އަގުތައްދަނީ އިތުރުވަމުންނެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް