އެ ކުންފުނީގެ މި އަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަދި ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށް އުރީދޫން ބުނެއެވެ. އުރީދޫން ބުނެފައިވަނީ އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެ ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަަމަށެވެ.
މި އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނެ ތާރީހާއި އެޖެންޑާ، މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަހަރީ އާންމު ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮންނަނީ،
އުރީދޫ މޯލްޑިވްސްއަށް 2021 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް ބަހާފައިވަނީ 2.34 ރުފިޔާއެވެ. އެ ކުންފުނީގެ ފައިދާގެ 85 އިންސައްތަ ވަނީ ހިއްސާދާރުންގެ މެދުގައި ބަހާފައެވެ.