ލޭ އޮހޮރުވުމަކަށް ގޮސްގެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ބަދަލުކުރަން ވެއްޖެކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓްވިޓެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.

Advertisement
ހަރުކަށިކަމާއި އެކު ނިކުމެ މިވެރިކަން ބަދަލުކުރަން ވެއްޖެކަމަށް ވިދާޅުވެ ޝިއުނާ ކުރެއްވި ޓްވިޓަށް ފާޑުކިއުން އަމާޒުވުމުން ޝިއުނާވަނީ އެ ޓްވިޓް ފަހުން ޑިލީޓްކޮށްފައެވެ.
ފުލުހުން ބުނީ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު ލޭ އޮހޮރުވުމަކަށް ގޮވާލާފައިވާތީ "އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާ" ކަމަށެވެ.
"ބަޔަކު ވަރަށް ހަރުކަށިކަމާއިއެކު ނިކުމެ މިވެރިކަން ނިންމަން ވެއްޖެ. ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއްގެ މައްޗަށް އަނިޔާވެރިކަން ދައްކަމުން ދައްކަމުންދާ ޖައްބާރު @ibusolih ހަމަބިމަށް ތިރިކުރަން ވެއްޖެ. ޓްވިޓްކުރަން ތިބެގެން ވާކަށްނެތް. ލޭ އޮހޮރުވުމަކުންވެސް ބަދަލުކުރަންވެއްޖެ" ޝިއުނާ ކުރެއްވި ޓްވިޓްގައި ވެއެވެ.
ޝިއުނާގެ ޓްވިޓަށް ފާޑުކިއުން އަމާޒިވުމުން އޭނާވަނީ ޓްވިޓް ޑިލީޓްކޮށްފައެވެ.
އޭގެފަހުން ޝިއުނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެ ޓްވިޓް ޑިލީޑްކުރީ އޭގެ ނުބައި މާނަ ބައެއް މީހުނަށް ގެނިގެން އުޅޭތީކަމަށެވެ.