ads
ސްޓެލްކޯ އެމްޑީ ޝަރީފް އަދި ރައީސް ސޯލިހް
މާލޭ ސިޓީ ކައުންސިލް ގޮވައިގެން ސްޓެލްކޯއިން ހައިކޯޓަށް
އާއްމު ހިދުމަތްތަކުގެ އަގުތައް އާދަޔާ ހިލާފަށް ބޮދުކޮށް މާލޭ ސިޓީ ކައުންސިލުން ފާސްކުރި އުސޫލު ބާތިލްކުރުމަށް ސްޓެލްކޯއިން މިއަދު ހައިކޯޓަށް ހުށަހަޅައިފިއެވެ.

މާލޭ ސިޓީކައުންސިލުން ދާދިފަހުން ވަނީ އެކި ހިދުމަތްތަކުގެ އަގުތައް އިންތިހާއަށް ބޮޑުކޮށް އުސޫލެއް ފާސްކޮށްފައެވެ. އޭގެތެރޭގައި މާލޭގެ މަގުތައް ބަންދުކުރުމާއި މަގުކޮނުމުގެ އަގުތައްވެސް ވަނީ ބޮޑުކޮށްފައެވެ.

ސްޓެލްކޯއަކީ މާލޭގައި ކަރަންޓްގެ ހިދުމަތްދޭ ކުންފުނިކަމުން މަގު ކޮނުމާއި ބަގުބަންދުކޮށްގެން ކުރާ މަސައްކަތްތައް ވަރަށް ގިނައި ކުރަންޖެހޭ ކުންފުންޏެޔެކެވެ.

ސްޓެލްކޯއިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަގުތައް ބޮޑުކޮށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ގާނޫނާއި ހިލާފު އުސޫލްތަކެކެވެ. އެކަމުގެ ބުރަ އެންމެ ފަހުން ޖެހެނީ ރައްޔިތުންނަށް ކަމަށާއި ސިޓީ ކައުންސިލްގެ ސަބަބުން ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެގޮތުން ކަރަންޓް ގުޅާދިނުމައި ޔުތިލިޓީ ހިދުމަތްތަކަށް ރައްޔިތުން ކުރިން 30000 ރުފިޔާ ދައްކަންޖެހޭ ކަންކަމުގައި މިހާރު 80000 އަށްވުރެ ބޮޑު އަގެއް ދައްކަން ޖެހޭއިރު މިއީ 154 އިންސައްތަ ބޮޑު އަގެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން ހިދުމަތުގެ އަގުތައް ގާނޫނާއި ހިލާފަށް ބޮޑުކޮށް ސިޓީ ކައުންސިލުން އެކުލަވާލާފައިވާ ދެ އުސޫލެއް ބާތިލްކުރުމަށް ސްޓެލްކޯއިން މިއަދު ހައިކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ. 

ސްޓެލްކޯއިން ބާތިލް ކުރަން ހުށަހެޅީ:

  • . މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާއްމުކޮށް މަސައްކަތްކުރުމުގެ އުސޫލު.
  • މާލޭގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމާއި ބެހޭ އުސޫލު.

ސިޓީ ކައުންިސލުން އަލަށް އެކުލަވައިލި އުސޫލުގައި ކުރިން ފީ ނުނަގާ ބައެއް މަސައްކަތްތަކަށް ފީ ނަގަން ފެށުންވެސް ހިމެނެއެވެ. އެގޮތުން ޕޭމަންޓް ކޮނެގެން ކުރާ މަސައްކަތަކާއި މަގުން ގާ ނަގައިގެން ކުރާ މަސައްކަތަކާއި ޖަންކްޝަނަކާއި ގުޅޭ މަސައްކަތްތައް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް