ads
މާލޭގައި ހިނގި މާރާމާރީއެއްގައި ބަޔަކަށް އަނިޔާވެފައި
ފަސް އަހަރުކުރީގެ މާރާމާރީއަކަށް 10 އަހަރުގެ ހުކުމެއް
މީގެ ފަސް އަހަރު ކުރިން މާލޭގައި މީހަކަށް ވަޅިން ހަމަލާދިން ދެ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޮލިމްޕަސް ކައިރިން މީހަކަށް ވަޅިން ހަމަލާދީގެން ދިހަ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ގދ. ފަރެސްމާތޮޑާ، މާތޮޑާ އަވަށް، މަންޒިލް މުހައްމަދު ނިޝާހު އާއި ހ. ރޯޒަންޑޭލް، ޝައިބާން ޒުފްރަތު އިސްމާއިލްގެ މައްޗަށެވެ.

މި ދެ މީހުންވަނި މީހެއްގެ މެޔާއި ކަރަށް އަދި ބުރަކަށްޓަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި ހުކުމް ކުރީ ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށެވެ. ދެ މީހުންވެސްވަނީ ޝަރީއަތުގައި ދައުވާއަށް އިންކާރުކޮށްފައެވެ. ހުކުމުގައި ބުނެފައިވަނީ އެ ދެ މީހުން ދައުވާއަށް އިންކާރު ކުރިޔަސް، އެ ދެ މީހުން ހަމަލާދިން މަންޒަރު ފެނުނު ކަމަށް އެއް ހެއްކަކު ބުނާއިރު ދެން ތިބި ހެކިންގެ ހެކިބަހުން އެ ހެކިބަހަށް ބާރު ލިބޭ ކަމަށެވެ. އަދި "ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓު" ގައި ވެސް، ވީޑިއޯތަކުން ފެންނަ މީހުންނާއި ދައުވާލިބޭ މީހުންގެ ސިފަތައް އެއްގޮތްވާ ކަންތައްތަކެއް ހުރި ކަމަށް ފާހަގަ ކޮށްފައިވާތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމީ ކަމަށް އެ ހުކުމުގައިވެ އެވެ.

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް