ads
ގްރީންވުޑް
ގްރީންވުޑްގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި
އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު، މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ފޯވާޑް މޭސަން ގްރީންވުޑްގެ މައްޗަށް ތުހުމަތު ކުރެވުނު އަންހެނަކަށް އަނިޔާ ކުރުމުގެ ކުށުގެ ދައުވާ ނުކުރަން ނިންމައިފިއެވެ.

ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރިކަމުގެ ތުހުމަތު މެންޗެސްޓަރ ޔުނައިޓެޑުގެ ޒުވާން ތަރި މޭސަން ގްރީންވުޑްގެ މައްޗަށް ކުރެވުނީ މިދިޔަ އަހަރުގެ ޖަނަވަރީގައެވެ. އެއާއެކު އޭނާ ހައްޔަރުކޮށް، އަދި ކްލަބުންވެސް ސަސްޕެންޑް ކުރިއެވެ. 

ގްރީންވުޑްގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ދައުވާ ނުކުރަން ޕްރޮސިކިއުޝަނުން ނިންމީ، އެ މައްސަލައިގެ މައިގަނޑު ހެކިވެރިޔާ އެ މައްސަލައިގެ ތެރޭގައި އިތުރަށް އުޅެން ބޭނުން ނުވުމުން ކަމަށް ބީބީސީން ރިޕޯޓް ކުރިއެވެ. 

އުމުރުން 21 އަހަރުގެ ގްރީންވުޑް ސަސްޕެންޑްކޮށް، ބޮޑު މައްސަލަ ގަނޑެއްގެ ތެރެއަށް އޭނާ ވެއްޓުނީ ރަނގަޅު ފޯމެއްގައި އޭނާ ކުޅެމުން ދަނިކޮށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް