ads
ވިނަރެސް ފްލެޓްތައް
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށްފި
ހުޅުމާލޭގައި ތަރައްދީގޮށްފައިވާ ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

ލިސްޓް އާއްމުކުރިއިރު މާބޮޑު ބަދަލެއް ނާދެއެވެ. މި ލިސްޓްގައި ހިމެނެނީ މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 1118 މީހަކާއި މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރުވެފައިވާ މީހުންގެ ކެޓަގަރީން: 295 މީހެކެވެ.

އެޗްޑީސީން ބުނީ މި ލިސްޓުގައި ސީލައިފުން ފްލެޓް ގަތް މީހުމާއި ހިޔާ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުން އަދި ގުޅީފަޅު ކެޓެގަރީގެ މީހުން ނުހިމެނޭ ކަމަށެވެ. 

މިލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމުގައި ނަން ހިމަނާފައިވާ ފަރާތްތަކަށް ކުރިއަށްދެވެނީ އެންމެ ފޯމަކާ އެކުގައި ކަމަށާއި ދެމަފިރިން ވަކިން ފޯމު ހުށާހަޅާފައި ވީނަމަވެސް، އެފަދަ ފަރާތްތަކަށް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށާއި، އެކަން ހައްލުކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ އާންމު އުސޫލުގެ ދަށުން އަލަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ މާލީ ގާބިލިއްޔަތުކަން ބެލުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމުގެ މަރުހަލާ ފުރިހަމަވުމުން ބުކިން ނެގުމާއި އެޕާޓްމެންޓު އިހްތިޔާރު ކުރުމުގެ ފުރުސަތު ދެވޭނެކަމަށް އެޗްޑީސީން ބުނެއެވެ.

އަދި ފްލެޓް ކަށަވަރުވާނީ މާލީ ގާބިލިއްޔަތުކަން ބެލުމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލްކަން ފުރިހަމަކަމަށް ތާޑްޕާޓީ އިވެލުއޭޝަން ނިންމުމުންކަމަށް އެޗްޑީސީން ބުނެއެވެ.

ދާއިމީ ލިސްޓް އާއްމު ކުރިއިރު މާބޮޑު ބަދަލެއް ނެތް ނަމަވެސް އެޗްޑީސީން ކުރިން ބުނެފައިވަނީ ފޯމް ހުށަހެޅި 1413 މީހުންގެ ތެރެއިން 723 މީހެއް ކަމަށެވެ. 

ވިނަރެސް މަޝްރޫއުގައި 10 ޓަވަރުގައި ހިމެނެނީ ތިން ކޮޓަރީގެ 1،344 ފްލެޓެވެ. މި ފްލެޓްތަގައި ހިމެނެނީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ ފްލެޓްތަކެކެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް