ads
ރޭގެ އިވެންޓްގައި ޑރ ޝަހީމް އިތުރު މީހަކާއި އެކު: ފޮޓޯ ޕީޕީއެމް
ކެންޑިޑޭޓަކީ ޔާމީން، ހިޔާނާތްތެރި ނުވާނެ: ޑރ ޝަހީމް
އިދިކޮޅު ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނަށް ހިޔާނާތްތެރި ނުވާނެކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ ޝަހީމް މިހެން ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ތަރުތީބުކުރުމަށް އިދިކޮޅު ޕީޕީއެމް - ޕީއެންސީ ކޯލިޝަނުން އިއްޔެފެށި "ހޯޕް ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުންނެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރު ޑރ ޝަހީމް ވިދާޅުވީ އިދިކޮޅު ބޭނުންވަނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނައުމަށް ކަމަށެވެ. 

އަދި އިދިކޮޅު ކެންޑިޑޭޓަކީވެސް ރައީސް ޔާމީން ކަމަށާއި އިދިކޮޅު ލީޑަރޝިޕް ރައީސް ޔާމީނަށް ވަފާތެރިވާނެކަމަށާއި ހިޔަނާތްތެރި ނުވާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

"ޕީޕީއެމް، ޕީއެންސީގެ އެންމެހާ ލޮބުވެތި މެމްބަރުން މަސައްކަތް ކުރަމުން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތު އަލުން އަނބުރާ މި ގައުމަށް ގެނަން"

ޝަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން މިނިވަންވާނެކަމުގެ އުއްމީދު އެބައޮތް ކަމަށާއި ރައީސް ޔާމީން މިނިވަންކޮށް ރިޔާސީ އިންތިހާބުގައި ވާދަކުރެވެންޖެހޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް