ads
މި އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 863.8 މިލިއަން ރުފިޔާ ލިބިފައިވޭ - ފޮޓޯ:ސަން
އަހަރުގެ ފުރަތަމަ 26 ދުވަހު ލިބުނު ޓެކްްސް އާމްދަނީ ދެ ގުނަ އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ 26 ދުވަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވާ ކަމަށް ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖީއެސްޓީ އަދި ޓީޖީއެސްޓީގެ ގޮތުގައި އާމްދަނީ ލިބުނު މިންވަރުވެސް ވަނީ އިތުރުވެފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، މި އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ރޭޓް 12 އިންސައްތަ އިން 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުން ނެގޭ ޖީއެސްޓީ (ޖީއެސްޓީ) ގެ ރޭޓް ހައެއް އިންސައްތަ އިން އަށެއް އިންސައްތަ އަށް ވަނީ ބޮޑުކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި،

  • މި އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސް އާމްދަނީގެ ގޮތުގައި 863.8 މިލިއަން ރުފިޔާ ލިބިފައިވޭ
  • މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 436.2 މިލިއަން ރުފިޔާ
  • މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު ދެ ގުނަ އިތުރު

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓީޖީއެސްޓީންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 704.4 މިލިއަން ރުފިޔާ ލިބިފައިވެެއެވެ. ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 159.4 މިލިއަން ރުފިޔާއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް